ޚަބަރު

ހިޔާ ފްލެޓް ލިބުނު ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ގުޅަނީ، ސަމާލުވޭ!

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ގާއިމްކޮށްދެއްވާފައިވާ ހިޔާ މަޝްރޫއުގެ ދަށުން އެއްވެސް މީހަކަށް ކަނޑައަޅާފައި ނުވާ ފެލްޓްތަކަށް ގުރުއަތުން ހޮވިފައިވާ ކަމަށް ބުނެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ފޭކް ކޯލްތަކެއް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހިޔާ ފްލެޓް ލިބުނު މީހުންގެ ގުރުއަތު ނަގައި، އެ މީހުންނަށް ލިބޭ ފްލެޓް ކަނޑައެޅުމަށް ފަހު، ގުރުއަތުން އެއްވެސް ބަޔަކަށް ނުލިބޭ ފްލެޓްތަކަށް ހޮވިފައިވާ ކަމަށް ބުނެ އެ ކުންފުނީގެ ނަމުގައި ފޭކް ކޯލްތަކެއް ކުރަމުންދާ ކަމަށެވެ.

އެފަދަ ކަމެއްގައި އެޗްޑީސީން ފޯނު މެދުވެރިކޮށް ނުގުޅާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ގުރުއަތު ނެގުން ހަމަޖެހިފައިވާ ތާރީހާއި އެ ދުވަހެއްގެ ގުރުއަތުގައި ފްލެޓް ކަނޑައެޅޭ މީހުން ހިމެނޭ ލިސްޓެއް އެޗްޑީސީން އާންމު ކުރެއެވެ. އަދި ޓީވީ މެދުވެރިކޮށް ގުރުއަތު ނެގުން ކުރިއަށްދާތަން ލައިވް ކުރާނެއެވެ.

އެޗްޑީސީން އަންނަނީ ފްލެޓް ލިބުނު މީހުންނާއި އެއްބަސްވުންތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button