މާލެ ފެނުއަޑީގައި، އެމްޑަބްލިޔުއެސްސީ ނިދީގައި: މީސްމީޑިއާ

މާލެއަށް ވިއްސާރަވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވަމުން ދިޔައިރު ވެސް ’ސްޓޯމް ވޯޓަރ ސިސްޓަމް‘ ނުވަތަ ފެން ހިންދާ ނިޒާމު ދުރާލާ ޖައްސާފައި ނުވާކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މާލޭގައި ފެން ބޮޑުވުމުން ފެން ހިންދުމުގެ ނިޒާމު ބަލަހައްޓަނީ މާލޭ ވޯޓަރ އެންޑް ސުވެރޭޖް ކޮމްޕެނީންނެވެ. ނަމަވެސް ޕަންޕު ޖެއްސުން ލަސްވެއްޖެނަމަ ފެން ބޮޑުވެ އެކި ދަތިތަކާ ގެއްލުންތައް ކުތިމަތިވެއެވެ.
މިގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ވެހިކަލްތަކުގެ ދެބައިކުޅައެއްބައި ވަނީ ފެނުއަޑީގައެވެ. އަދި އާންމުންގެ ގޭގެއަށާއި އަމިއްލަ ފިހާރަތަކާއި ގުދަން ފަދަ ތަންތަނަށް ފެން ވަދެ، ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ.
ޑރ މުއިއްޒު ފޮނުއްވާފައިވަ މެސެޖުގައި ވިދާޅުވެފައިވަނީ މާލެއަށް ވާރޭ ވެހުން ހުއްޓުނުތާ އެތައްއިރެއް ވީއިރު ވެސް ފެންގަނޑު ނުހިނދި އޮތީ ފެން ހިންދާ ނިޒާމު ނުޖައްސާތީ ނުވަތަ ހަލާކުވެފައި ހުރުމުންނެވެ.