ޚަބަރު

ފްރޮންޓް ލައިން އެލަވަންސް ހޯދަން އިހުތިޖާޖު ކޮށްފި

ކޯވިޑް-19 ފްރަންޓް ލައިން އެލަވަންސް ހޯދަން ފްރަންޓް ލައިންގައި ހަަކާތްތެރިވާ ފަރާތްތައް ހެލްތު މިނިސްޓްރީ ކައިރީގައި އިހުތިޖާޖު ކޮށްފިއެވެ.

ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯސީ) ގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން މިއަދާ ހަމައަށް މަސައްްކަތްކުރި ފަރާތްތަކާއި، މިހާރުވެސް މަސައްކަތްކުރަމުން އަންނަ ފަރާތްތަކަށް އެއްބަސްވެފައިވާ ގޮތުގެ މަތިން ފްރަންޓް ލައިން އެލަވަންސް ނުލިބޭކަމުގެ ޝަކުވާ ތަކުރާރުކޮށް ހެލްތު މިނިސްޓްރީއަށް ވަނީ ކޮށްފައެވެ.

އެގޮތުން ހެލްތު މިނިސްޓްރީގެ އިސްވެރިންނަށް އެތައް ފަހަރެއްގެ މަތިން ރަސްމީކޮށް އަަންގާފައިވާނެކަމަށާއި، މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައިނުވާކަމަށް މި އިހުތިޖާޖުގެ ބައިވެރިން ވަނީ ބުނެފައެވެ.

”މިއަދާ ހަމައަށް ވެސް އެކަމަށް އެއްވެސް ހައްލެއް ނުލިބޭ. އެލަވަންސް ނުލިބި ލަސްވަނީ ”އެލަވަންސް ޝީޓް“ތަކުގައި މައްސަލަ އުޅޭތީ އޭ ކޮންމެ ފަހަރަކު ވެސް ކިޔާ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް ބުނެއެއް ނުދެވޭ.“ އިހުތިޖާޖުގެ ބައިވެރިއަކު ބުންޏެވެ.

ކޮވިޑުގެ ތެރޭ އެންމެ ބުރަކޮށް ފްރަންޓްލައިންގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އެލަވަންސް ނުލިބުމުގެ ޝަކުވާތަކެއް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button