ޚަބަރު

ދެ މިސްކިތެއްގައި ހުރި ހަތިމްތައް އުކާލުމަށްފަހު އިމާމު ނަމާދު ކުރާ ތަނަށް ބޮޑުކަމު ގޮސްފި

އައްޑޫ ސިޓީ ފޭދޫގެ ދެ މިސްކިތެއްގައި ހުރި ހަތިމްތައް އުކާލުމަށްފަހު އެ ދެ މިސްކިތަށް ބޮޑުކަމު ގޮސްފިއެވެ.

އެނިފައިވާގޮތުގައި ރޭގެ ވަގުތެއްގައި މީހަކު ވަނީ ދެ މިސްކިތެއްގައި ހުރި ހަތިމްތަކެއް އުކާލުމަށްފަހު، އެ ދެ މިސްކިތަށް އިތުރު ގެއްލުންތަކެއްވެސް ދީފައެވެ.

އޮންލައިން ނޫހެއް ކަމަށްވާ ”ވަގުތު“ އިން ރިޕޯޓު ކުރިގޮތުގައި އެމީހާ ބޮޑުކަމުގޮސްފައި ވަނި އަމާން މިސްކިތަށާއި މަސްޖިދުލް ނަސްރިއަށެވެ. އެކަން އެނގުނީ ރޭ ފަތިހު އެދެ މިސްކިތަށް ދިޔަ ބަޔަކަށް ކަމަށް ވަގުތު ނޫހުން ބުނެފައިވެއެވެ.

ބޮޑުކަމު ގޮސްފައި ހުރީ މިސްކިތުގެ އިމާމް ނަމާދު ކުރަން ހާއްސަ ތަނަށް ކަމަށާއި، ބޮޑު ކަމު ދިއުމަށް ފަހު، އޭގެ މަތީގައި މުސައްލަ ބޭއްވި ކަމަށްވެސް އެ ނޫހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނަކު މިއަދުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button