ކޯވިޑް ވެކްސިން ނުޖަހާ މީހުންނަށް ބައެއް ހިދުމަތްތަށް ދިނުން މަނާ ކޮށްފި
ކޯވިޑް ވެކްސިން ނުޖަހާ މީހުންނަށް ބައެއް ހިދުމަތްތަށް ދިނުން އިކޮނިމިކް މިނިސްޓްރީން މިއަދުން ފެށިގެން މަނާ ކޮއްފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން އިމްޕޯޓް މުދާ ވިއްކާ ތަންތަނުން އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ފޯރުކޮއްދިނުމުގައި ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ޖިމްތަކާއި ސެލޫން ތަކުން ހިދުމަތް ހޯދާ ފަރާތްތަކަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތެއްނަމަ ހިދުމަތް ފޯރު ނުކޮއްދިނުމަށް އެމިނިސްޓްރީން ވަނީ އަންގާފައެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ އަމިއްލަ ވިޔަފާރި، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ފުރިހަމަ ކުރުމަށް އަންގާފައެވެ. އަދި ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަ ނިކުރާ ފަރާތްތަކުން ވަޒީފާއަށް ނު=ިކުމެވޭނީ ޕީސީއާރް ޓެސްޓް ހަދައިގެން ކަމަށް އެމިނިސްޓްރީން ވަނީ އަންގާފައެވެ.
ސަރުކާރުން ވަނީ ކޯވީޑް ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން %90 މީހުންނަށް މިދިޔަ މަހުގެ ނިޔަލަށް ވެކްސިން ދީ ނިންމުމަށް އަމާޒު ހިފާފައެވެ.