ކޮވިޑް ވެކްސިންގެ 3 ވަނަ ޑޯޒެއް ޖަހަނީ
ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ޖެހުމަށް އެޗްޕީއޭއިން ނިންމައިފިއެވެ.
އެޗްޕީއޭ އިން ބުނީ ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ސިއްޙީ ހިދުމަތްތެރިންނަށް އިތުރު ވެކްސިން ޑޯޒްއެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުން ލަފާދީފައިވާ ކަމަށެވެ.
އެޗްޕިއޭއިން ބުނީ މިވަގުތު ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިން ކަމަަަށެވެ. އަދި އިތުރު ވެކްސިން ޑޯޒް ޖަހާނީ ކޯވިޑް-19 ގެ އެއްވެސް ވެކްސިނެއްގެ ދެ ވަނަ ޑޯޒް ޖެހިފަހުން ހަ މަސް ދުވަސް ފުރިހަމަވެފައިވާ މީހުންނަށް ކަމަަށް އެޗްޕީއޭ އިން ބުންޏެވެ.
ކޯވިޑް ވެކްސިންގެ 3 ވަނަ ޑޯޒްއެއް ޖެހުމަށް ހަމަޖެހިފައި ވަނީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ.