ޚަބަރުސިޔާސީ

ހިއުމަން ރައިޓްސް ކޮމިޝަނުގެ ވަރުގަދަ ރައްދެއް އެމްޑީޕިއަށް

މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް އަމާޒުކޮށް އެމްޑީޕީއިން ދެއްކި ވާހަތަކަށް އެ ކޮމިޝަނުން ވަރުގަދަ ެރައްދެއް ދީފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުހައްމަދު ވަނީ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާގެ މައްސަލައިގައި އެޗްއެއާރުސީއެމްގެ ދައުރު އަދާ ކުރޭތޯ ސުވާލު އުފައްދަވާފައެވެ. އަދި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ އެޗްއާރުސީއެމުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ނުސީދާ ގޮތެއްގައި ވިދާޅުވެފައެވެ. އަފީފް ވިދާޅުވިގޮތުގައި އެލޮމިޝަނުން ވަނީ ނަޝީދަށް ދެވުނު ހަމަލާއާއި ގުޅޭގޮތުން ބަޔާނެއް ނެރުމަށްވެސް ނުކުޅެދިފިފައެވެ.

އެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން އެޗްއާރުސީއެމުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ރައީސް ނަޝީދަށް ދެވުނު ނުރައްކާތެރި ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އެރޭގެ 21:00 އެހައިކަށްހާއިރު އެ ކޮމިޝަނުގެެ ޓީމެއް ހޮސްޕިޓަލަށް ޒިޔާރަތް ކުރިކަމަށެވެ. އަދި އެރޭގެ 23:30 އާއި ހަމައަށް ނަޝީދުގެ ހާލުކޮޅު ގާތުން ބަލަމުން ދިޔަކަން ވެސް ވަނީ ފާހަގަކޮށްފައެވެ. ކޮމިޝަނުން ބުނިގޮތުގައި މިހަމަލާއާއި ގުޅިގެން އެކަން ކުށްވެރިކޮށް ރައީސް ނަޝީދުއަށް އަވަސް ޝިފާއަކަށް އެދިފައި ވެއެވެ. އަދި މިކަމުގައި ޝާމިލުވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވާލިކަމަށްވެސް ބުންޏެވެ. މީގެ އިތުރުން 7 މޭ 2021 ވަނަ ދުވަހު އެ ހަމަލާ އާއި ގުޅޭ ނޫސްބަޔާނެއް ޓްވިޓާރ މެދުވެރިކޮށް އާއްމުކުރިކަން ވަނީ ހާމަކޮށްފައެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން އެ ކޮމިޝަނުގެ މަސައްކަތް ހަރުދަނާކުރަމުންދާ ދަނޑިވަޅެއްގައި، ކޮމިޝަނާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް އެމްޑީޕީއިން ހިންގި އަމަލާއި މެދު ކަންބޮޑުވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button