ޚަބަރުސިޔާސީ

ރައީސް މުއިއްޒުގެ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަކީ އަހުލާގީ ގޮތުންވެސް ވާޖިބު ކަމެއް: ރައީސް ނަޝީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަކީ މެންބަރުންގެ މައްޗަށް އަހުލާގީ ގޮތުން ވާޖިބު ކަމެއް ކަމުގައި މަޖިލީހުގެ ކުރީގެ، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސްގެ މުއިއްޒުގެ ކެބިނެޓު ބައެއް ވަޒީރުންނަށް އެމްޑީޕީން ރުހުން ނުދޭނެކަމަށް ބުނަމުންދާ ދަނޑިވަޅެއްގައި، މައްޗަންގޮޅި މެދު ދާއިރާގެ މަޖިލިސް ގޮނޑި ތަމްސީލު ކުރައްވަމުން އަންނަ ރައީސް ނަޝީދު މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ހައުސިންގ މިނިސްޓަރު ޑރ.އަލީ ހައިދަރަށް އެމަނިކުފާނުގެ އިތުބާރު އެބައޮތް ކަމުގައެވެ.

”އާ ހައުސިންގ މިނިސްޓަރަށް އިންތިހާއަށް އަޅުގަނޑުގެ އިތުބާރު އެބައޮތް. އާ ރައީސްގެ ކެބިނެޓަށް ރުހުން ނުދީ ތިއްބެވުމުގެ ޖާގައެއް ނެތް. ރާއްޖޭގެ ރައްޔިތުން މިވަނީ ވެރިކަން ބަދަލުކޮށްފަ. އެ ވެރިކަން އެކުލެވިގެންވަނީ ވަޒީރުންގެ މަޖިލީހަކާ އެކުގާ.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި ޑރ.ހައިދަރަކީ ޕްލޭނިންގ މިނިސްޓްރީ އުފެއްދީއްސުރެ އެ މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދެވި ފަންނީ ބޭފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button