އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު އެޕާޓީން ވަކިވެވަޑައިގެންފި އެވެ.
އެމްޑީޕީން ވަކިވެވަޑައިގެންނެވި ކަން އިއުލާން ކުރައްވައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ސިޓީފުޅެއް ފޮނުވާފައެވެ. އަދި އެ ސިޓީ ފުޅު ޓްވިޓާގައިވެސް އެމަނިކްފާނު ވަނީ ހިއްސާ ކުރައްވާފައެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަށް ފޮނުވި ސިޓީގައި ވިދާޅުވީ ރާއްޖޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތައް ބަލާއިރު އެމަނިކުފާނު އެމްޑީޕީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށެވެ. އެހެންކަމުން އެމްޑީޕީން އިސްތިއުފާ ދެއްވާފައިވާ ކަމަށްވެސް އެ ސިޓީގައި ވިދާޅުވިއެެވެ.
Miadhu alhugandu MDP in vakivejje in pic.twitter.com/WSRDnCfHBH
— Mohamed Nasheed (@MohamedNasheed) June 21, 2023
ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައި މިވަނީ، އެމަނިކުފާނަށް ވަފާތެރި މެމްބަރުންތަކެއް އެމްޑީޕީއިން ވަކިވެ ’ދަ ޑިމޮކްރެޓްސް’ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ނިންމާ އެ ޕާޓީ ރެޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.