ޚަބަރު
ފަނޑިޔާރު ޝުޖޫންގެ މަސައްކަތަށް ޝުކުރު ދަންނަވައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ނަމުގައި ޝުކުރު ދަންނަވައިފިއެވެ.
ސުޕްރީމް ކޯޓުގެ ރަސްމީ އެކްސް ހެނޑްލްގައި ކުރައްވާފައިވާ ޕޯސްޓުގައި މިކަން ވަނީ އިއުލާނު ކުރައްވާފައެވެ.
މި ޕޯސްޓުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން، ފަނޑިޔާރު ޢާއިޝާ ޝުޖޫން ކޮށްދެއްވާފައިވާ އަގުހުރި މިންނެތް މަސައްކަތަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ނަމުގައި ވަރަށް އިހުލާސްތެރިކަމާއެކު ވަނީ ޝުކުރު ދަންނަވާފައެވެ.