ޚަބަރުސިޔާސީ

މި ދައުރު ރައްޔިތުންގެ މަޖިލީހަށް 24 ބިލު ހުށަހަޅާނެ: އަސްލަމް

މި ދައުރު ރައްޔިތުންގެ މަޖިލީހަށް 24 ބިލެއް ހުށަހަޅާނެ ކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް ވިދާޅުވީ، މި ދައުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ލިސްޓެއް، ސަރުކާރުން، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި، އެ ލިސްޓުގައި، ޖުމްލަ 24 ބިލެއް ހިމެނޭކަމަށެވެ.

 

މި ދައުރު މަޖިލީހަށް ހުށަހަޅަން ސަރުކާރުން ފޮނުވާފައިވާ ބިލްތައް:

  1. ބިމުގެ ބިލް
  2. ބޯހިޔާވަހިކަމުގެ ބިލް
  3. ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް
  4. އާބަން ޕްލޭނިން އަދި އާބަން ޑިވެލޮޕްމަންޓްގެ ބިލް
  5. ނަފުސާނީ ސިއްހަތުގެ ބިލް
  6. ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  7. ކޮޕީރައިޓާއި، އެއާގުޅޭ އެހެނިހެން ހައްގުތަކަށް އިސްލާހު ގެނައުމުގެ ބިލް
  8. ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ބިލް
  9. ސޮވެރިން ޑިވެލޮޕްމަންޓް ފަންޑްގެ ބިލް
  10. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  11. ފޮރިން އިންވެސްޓްމަންޓްގެ ބިލް
  12. ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  13. މާލީ ސެކިއުރިޓީއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  14. ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލް
  15. ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލް
  16. ގާނޫނީ ފަނުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  17. އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  18. ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  19. ވަޒީފާ ގެއްލޭ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް
  20. ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  21. ރައީސްކަން ކުރައްވާފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  22. މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  23. މީޑިއާ ކޮމިޝަންގެ ބިލް
  24. ބްރޯޑްކާސްޓްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ (ރ) ގައި ވާގޮތުން މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމުގެ ކުރިން އެ ދައުރު މަޖިލީހަށް ހުށަހަޅާ ބިލްތަކުގެ ލިސްޓެއް މަޖިލީހުގެ ރައީސްއަށް ފޮނުވަން ވާނެއެވެ. އަދި ހަމައެފަދައިން، އެ ލިސްޓު މަޖިލީހުގެ ހުރިހާ މެންބަރުންނަށް ފޮނުވަންވާނެ ކަމަށްވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button