ޚަބަރުސިޔާސީ

ގަލޮޅު ދަނޑުގައި މާރާމާރީ ހިންގި މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި

މި މަހުގެ ހަތްވަނަ ދުވަހު ގަލޮޅު ދަނޑުގައި މާރާމާރީ ހިންގި މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މާރާމާރީ ހިންގީ ދެވަނަ ޑިވިޝަނުގެ ކުއާޓަރ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި ދެ ޓީމުގެ ދެ ކުޅުންތެރިއެއްގެ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ. އެގޮތުން އެ މެޗުގެ 81 މިނެޓުގައި ވަނީ ކުޅުން ހުއްޓާލާފައެވެ.

އޭގެފަހުން ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ބައެއް ސަޕޯޓަރުން ދަނޑަށް އަރައި ވަނީ ހަމަނުޖެހުން އުފައްދާފައެވެ.

މި މައްސަލާގައި 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ.

މި މައްސަލާގައި މީގެކުރިން ހައްޔަރުކުރީ 21 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެކެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

މި އެންމެންގެ މައްޗަށް ވެސް ކުރަނީ މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި އިންޒާރު ދިނުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގިކަމުގެ ތުހުމަތެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button