ޚަބަރު

ވަގުތު ނޫސް މިނިވަންކަމާއެކު ހިންގުމަށް ހާއްސަ ފަންޑެއް ހުޅުވައިފި

ކިޔުންތެރިންގެ މެދުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ”ވަގުތު“ ނޫސް މިނިވަންކަމާއެކު ހިންގުމަށް ހާއްސަ ފަންޑެއް ހުޅުވައިފިއެވެ.

ވަގުތު ނޫހުން ނެރުނު ބަޔާނެއްގައި ބުނީ ސްޕޮންސަރުންނަށް ބަރޯސާނުވެ އެ ނޫސް ހިންގޭނެގޮތެއް ބޭނުންވާ ކަމުގައެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އެނޫހުގެ ސްޕޮންސަރުންގެ އަދަދު މަދުވެ، އިސްތިހާރުތަކުގެ އަގު ކުޑަކުރަން ޖެހުމުގެ ސަބަބުން ބޮޑު މާލީ ދައްޗަކާ ކުރިމަތިލާން ޖެހުމެވެ.

”ބައެއް ސްޕޮންސަރުންނާއި އެކު ކުރިއަށް ދިއުމަކީ ވަގުތު މިނިވަންކަމާއިއެކު ހިންގުމަށް ހުރަސްއެޅޭ ކަމަކަށް ވާތީ އެފަދަ ސްޕޮންސަރޝިޕް އެގްރީމެންޓްތައް ބަލައި ނުގަންނަން ވެސް މިނޫހުން ވަނީ ނިންމާފަ.“ ވަގުތު ނޫހުން ބުންޏެވެ.

އެނޫހުން ހާމަކުރިގޮތުގައި ސްޕޮންސަރޝިޕް އެގްރީމެންޓްތަކުގެ ސަބަބުން ކިޔުންތެރިންނަށް އެންމެ ފުރިހަމަ މައުލޫމާތު ގެނެސްދިނުމަށް ހުރަސް އެޅެއެވެ.

”ވަގުތު“ ނޫހަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތް

ވަގުތު މީޑިއާ ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އޮފް ސިލޯން އެކައުންޓް ނަމްބަރު 6320326925

ބޭންކް އޮފް ސިލޯންގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރަން ދަތިވާނަމަ ބީއެމްއެލްގެ އެކައުންޓް ނަމްބަރ 7719481830101 އަށް ޓްރާންސްފާ ކުރެވޭނެ.

”ވަގުތު“ އިން ބުނީ ފަންޑާއި ގުޅޭ އިތުރު މައުލޫމާތު 9500101 އަށް ގުޅާލުމުން ލިބޭނެ ކަމުގައެވެ.

ރާއްޖޭގެ އޮންލައިން ނޫސްތަކާ އެހެން މީޑިއާތަކަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ސޮޕޮންސަރުން ހޯދުމުގެ ދަތިކަމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button