ޚަބަރު

ނާޒިމް ސައްތާރުގެ ޕާސްޕޯޓު ހިފަހައްޓައި، ނަބިއްޔާއަށް ފުރައްސާރަ ކުރި މައްސަލަ ބަލަނީ

މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު، އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯއެއް އާންމުވެ، މައްސަލައިގެ ތަހުގީގަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ނާޒިމްގެ ޕާސްޕޯޓު ހިފާއްޓާފައިވާ ކަމަށެވެ.

މީގެ އިތުރުން ނާޒިމް ޓުވިޓަރގައި ކީރިތި ރަސޫލް (ސ.އ.ވ) އަށް ފުރައްސާރަކުރި މައްސަލަވެސް ތަހުގީގުކުރަމުން ދާކަމަށް ވިދާޅުވިއެވެ. ގިނަ އަދަދެއްގެ އިލްމުވެރިންނާއި ދީނީ ޖަމިއްޔާތަށް ހިމެނޭ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ފުލުހަށް ހުށަހެޅި މި މައްސަލައިގައި ވަނީ 2012 ވަނަ އަހަރު ނާޒިމް ރަސޫލާ އަށް ނިސްބަތް ކޮށް ކުޑައިމީސްކޮށް، ފުރައްސާރަކޮށްފައިވާ ޓްވީޓެއް ހިމަނާފައެވެ. އެ ޓުވީޓުގައި ނާޒިމް ބުނި ގޮތުގައި ސުންނަތުގައި އޮންނަނީ އިޝާ ނަމާދުކޮށްގެން ލަސްނުކޮށް ނުވަ އަނބިންނާއެކު ވަހުޝީވުމަށެވެ. 

ބަދުއަހުލާގީ ވީޑިއޯގެ މައްސަލައިގައި ނާޒިމް ރޭ ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެހެން ނަމަވެސް ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރިކަމެއް އެނގިފައެއް ނުވެއެވެ.

ނާޒިމް އާއި ބިދޭސީ ފިިރިހެނަކު ކޮޓަރިއެއް ތެރޭގައި ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯ އިއްޔެ މީސް މީޑިއާގައި އާންމުވުމާއެކު، ގިނަ ބަޔަކު ވަނީ އެ ވީޑިއޯގައި ފެންނަ އެކަކަކީ ނާޒިމް ކަމަށް ބުނެފައެވެ. ނަމަވެސް ނާޒިމްގެ ޓުވިޓާ އެކައުންޓް ޑިއެކްޓިވޭޓް ކުރުމުގެ ކުރިން އޭނާ ކުރި ޓުވީޓެއްގައި ބުނީ ވީޑިއޯގައި ފެންނަނީ އޭނާ ނޫން ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button