ޚަބަރު

މިފްކޯ ބޯޓުން ރަލުގެ އިތުރުން މަނާ ތަކެތި ފެނުނު: ކަސްޓަމްސް

ތައިލެންޑުން ރާއްޖެއައި މިފްކޯގެ “ޖަޒީރާ ރީފަރ” ބޯޓުން ބަނގުރަލުގެ އިތުރުން އެހެން މަނާތަކެތިވެސް ފެނިފައިވާކަން ކަސްޓަމްސް އިން ހާމަކޮށްފިއެވެ.

މިކަމާ ހަވާލާދީ ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފްކޯގެ ބޯޓުން އެތެރެކުރަން މަސައްކަތްކުރި ބަނގުރަލާއި، އިތުރު މަނާތަކެތި އަތުލައިގަނެފައިވާކަމަށެވެ. އަދި މިތަކެތި އަތުލައިގަނެފައިވަނީ 22 ޖޫން 2022 ވަނަ ދުވަހު އެބޯޓު ބެންކޮކުން ފުރައިގެން ގދ. ކޫއްޑޫއަށް އައި މަގުމަތީގައި ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ކަމަށް ވަނީ ބުނެފައިވެއެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް ގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ޕޯރސް އާއި ގުޅިގެން ކަސްޓަމްސް އިން އެބޯޓު ބަލައި ފާސްކުރުމުގެ ތެރޭގައި ގަވާއިދާ ހިލާފަށް ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އެހެނިހެން މަނާތަކެތި ފެނިފައިވާކަމަށަ ބުނެފައިވެއެވެ.

މިބަޔާނުގައި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ބަޔާންކޮށްފައިވާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސް އިން މައުލޫމާތުދީފައިވާ ގޮތުގައި އެބޯޓުން 31 ފުޅި ބަނގުރާ ފެނިފައިވެއެވެ. މީގެ އިތުރުން ބައެއް މަސްދަރުތަކުން ހަބަރު ލިބޭ ގޮތުގައި އެބޯޓުން ފިރިހެން ބޭސް އެތެރެކުރުމަށްވެސް ވަނީ މަސައްކަތްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button