ޚަބަރު

ކ. ގުރައިދޫ ގެސްޓް ހައުސެއްގައި އަންހެން ފަތުރުވެރިޔަކު މަރުވެފައި އޮއްވައި ފެނިއްޖެ

ކ. ގުރައިދޫ އޯޝަން ރިޓްރީޓް އެންޑް ސްޕާ ގެސްޓަހައުސް ތެރޭގައި އަންހެން ފަތުރުވެރިޔަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ އަންހެން ފަތުރުވެރިޔާ ފެނުނުއިރު އޭނާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ކުނިވެފައެވެ. މިކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ގުރައިދޫ ކައުންސިލުގެ ރައީސް ހުސެއިން ޔާމީން ވިދާޅުވީ އަންހެން ފަތުރުވެރިޔާ ނިޔާވެފައި އޮއްވައި ފެނިފައިވަނީ އިއްޔެ އިރުއޮއްސި 6:00 ހާއިރުއެވެ. އަދި އެވަގުތު އެތަނަށް ހާޒިރުވި ޑޮކްޓަރުން ވަނީ އެ އަންހެން މީހާ ނިޔާވެފައި ވާތާ 1 ދުވަހަށްވުރެ ގިނަ ދުވަސް ވެދާނެ ކަމަށް ބުނެފައެވެ.

އޯޝަން ރިޓްރީޓް އެންޑް ސްޕާ ގެސްޓަހައުސް އާއި ހަވާލާދީ ކައުންސިލުގެ ރައީސް ޔާމީން އިތުރަށް ވިދާޅުވިގޮތުގައި މީގެ ދުވަސްތަކެއް ކުރިން އޭނާ ބަލިވެގެން ވަނީ ޑަކްޓަރަށް ދައްކާފައެވެ. އަދި އެއަށްފަހު އޭނާއަށް އުނދަގޫ ނުކުރުމަށާއި ކާއެއްޗިހި ވެސް ދޮރު ކައިރީގައި ބަހައްޓައިދިނުމަށް ގެސްޓްހައުސްގެ މުވައްޒަފުން ކައިރީގައި ވަނީ އެދިފައެވެ.

އޭނާގެ ހަށިގަނޑު ފެނިފައިވަނީ ކޮޓަރިން ކުނިވަސް ދުވާތީ ހުޅުވުމަށްފަހު ބެލުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button