ޚަބަރު

އީދު ހަރަކާތުގައި ސްކައުޓު ޔުނީފޯރމް ބޭނުންކުރުން ސްކައުޓް އެސޯސިއޭޝަނުން ކުށްވެރިކޮށްފި

ބ. ކިނިބިދޫ އީދު ހަރަކާތެއްގައި ސްކައުޓް ޔުނިފޯރމް ބޭނުންކުރުމާއި ގުޅިގެން ސްކައުޓް އެސޯސިއޭޝަނުން އެކަން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ސްކައުޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސްކައުޓް ހަރަކާތަކީ ހުނަރުވެރި ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް މަސައްކަތް ކުރާ ދުނިޔޭގައި އޮތް ނުރަސްމީ ތައުލީމު ފޯރުކޮށްދޭ އެންމެ ބޮޑު ޖަމިއްޔާ ކަމަށާއި، އެ ޖަމުއިއްޔާ އަކީ ސިޔާސީ ވަކި ފިކުރަކަށް ނިސްބަތް ނުވާ، ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށެވެ.

އަދި ސްކައުޓުންނަކީ ރަށު ފެންވަރުގައި އާއި އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ވެސް ހިދުމަތް ކުރުމުގައި ނަމޫނާ ދައްކާ ބައެއްކަން ފާހަގަކޮށް ބުނެފައިވަނީ، ސްކައުޓް ޔުނިފޯމާއި ސްކައުޓް ހަރަކާތުގެ އެކިއެކި ރަމްޒުތަކަކީ ސްކައުޓް ހަރަކާތުގެ ވައުދުވެ، އެ ހަރަކާތްތަކުގައި ބައިވެރިވާ މީހުން އެކަނި ބޭނުންކުރުމަށް އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދާއި ދުނިޔޭގެ ސްކައުޓް ޖަމިއްޔާ އިން ހުއްދަކުރާ އެއްޗެހި ކަމަށެވެ.

ވީމާ ސްކައުޓް އެސޯސިއޭޝަނުގެ ހުއްދަ ނެތި އެ ތަކެތި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށާއި، ސްކައުޓް ޔުނިފޯމަށް ދެވޭ ގަދަރުކުޑަވާ ގޮތަށް އެެއްވެސް ފަރާތަކުން ޔުނިފޯމު ބޭނުންކުރުމަކީ އެ އެސޯސިއޭޝަނުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ. ހަމަ އެހެންމެ މި އެންގުމާ ހިލާފަށް އަމަލުކުރާ މީހުންނާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button