ޚަބަރުސިޔާސީ

ނާޒިމް ސައްތާރަށް ލުއި އަދަބު ދިން މައްސަލަ އިސްތިއުނާފް ކޮށްފާނެ ކަމުގެ އިޝާރާތެއް؟

ލިވާތުގެ ތުހުމަތު ކުރިނަމަވެސް، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އިއުތިރާފުވެ މާފަށް އެދުމުން، ކްރިމިނަލް ކޯޓުން އަހުމަދު ނާޒިމް އަބްދުއްސައްތާރުގެ އަދަބު ލުއިކުރި ގޮތް ގާނޫނާ ހިލާފުވެ، އެ ނިންމުން އިސްތިއުނާފު ކުރައްވާނެ ކަމުގެ އިޝާރާތެއް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެއްވައިފި އެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި ގިނަ ދިވެހިންގެ ތެރޭގައި ހިމެނޭ، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ކުށަށް އިއުތިރާފު ވުމުން ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ ތިން މަހާއި 26 ދުވަހު ގޭ ބަންދު ކުރުމަށެވެ.

ޕީޖީ ޝަމީމް އިއްޔެ އޭނާގެ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުގައި ގާނޫނުލްއުހުގޫބާތުގެ 1106 ގެ ދަށުން ކުށްވެރިޔާގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން، އޭނާ ކުޅަ ކުށާމެދު ހިތުގެ އަޑިން ދެރަވާކަން އާންމުކޮށް ފާޅުކޮށްފިނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ ދެ ދަރަޖަ ދަށްވާނެއެވެ. އެކަމަކު އެއީ ދައުވާ ކުރުމުގެ ކުރިން ނަމަ އެވެ. ދައުވާ ކުރި ފަހުންނަމަ އެއް ދަރަޖަ އެވެ.

”1106 ވަނަ މާއްދާގައި އޮތީ، ކުށްވެރިޔާ ކުށާމެދު ދެރަވާކަން އާންމުންގެ ތެރޭގައި ފާޅުކުރުމުން، އަދަބުގެ ދަރަޖަ ދަށްވާނެ ވާހަކަ އެވެ. ދައުވާކުރުމުގެ ކުރިންނަމަ، 2 ދަރަޖަ، ދައުވާ ކުރި ފަހުންނަމަ، 1 ދަރަޖަ އެވެ. ކުށް ސާބިތުވާކަމަށް ކަނޑައެޅިނަމަވެސް، އަދަބު ދިނުމުގައި އިސްވެދެންނެވި އުސޫލާ ހިލާފުނަމަ، އެނުކުތާ ވަކިން އިސްތިއުނާފު ކުރަންޖެހެ އެވެ،“ ޝަމީމް ވިދާޅުވެފައިވެ އެވެ.

ގިނަ ދިވެހިންތަކަކާއެކު އަލަމްގީރް އެއްޖިއްސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވީ މީގެ ތިން މަސް ކުރިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button