
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި އާއިލާގެ ބައެއް ފަރާތްތަކުން ރާއްޖޭގެ ބައެއް ރިސޯޓުތަކާއި ބޭރު ގައުމުތަކުގައި ބަނގުރާ ބޮމުން ޕާޓީކުރި މައްސަލަ ނުބަލާކަމަށް ފުލުހުންނާއި ހަވާލާދީ ”ދިޔަރެސް“ ނޫހުން ބުނެފިއެވެ.
2020 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ސީޕީ ހަމީދާއި އާއިލާގެ ފަރާތްތަކުގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވިއެވެ. ހަމީދު ނައިޓް ކްލަބްގައި ހުންނެވި ފޮޓޯ ތަކުގައި އެމަނިކުފާނުގެ އަނބިކަަނބަލުން ނަޒީހާ އަހުމަދު ވެސް ފެންނައިރު، އެ ތަނުގައި ބަނގުރާ ފުޅިތަކާއެކު މީހުން ރާ ބޯތަން ފެނެއެވެ.
ހަމީދުގެ ވީޑިއޯ އާންމުވުމުން އެ މައްސަލަ އާންމު ފަރާތަކުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައެވެ. ޕީޖީ އިން ވަނީ އެފަދަ މައްސަލަތައް ފުރަތަމަ ހުށަހަޅަންޖެހޭނީ ފުލުހަށް ކަމަށް ބުނެފައެވެ. އަދި ޕީޖީއަށް ހުށަހަޅަން ޖެހޭނީ ފުލުހުން އެ މައްސަލަ ނުބަލައިފި ހާލަތެއްގައި ކަމަށް ވަނީ ބުނެފައެވެ.
ސީޕީ ހަމީދުގެ ފޮޓޯތައް އާންމުވުމުން އޭނާގެ ދިފާއުގައި މަޖިލިސް ރައީސް ރައީސް މުހައްމަދު ނަޝީދުވެސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ހަމީދު، ކޮމްޕްރިމައިޒްކޮށް މަސައްކަތުގެ މިސްރާބު ބަދަލުކޮށް، ވައްކަމާއި، ކޮރަޕްޝަނާއި، ހައްދުފަހަނައެޅި މީހުން ރެކި ތިބެ ސަރުކާރު ހިސާރު ކުރަން ޖާގަ ނުދެވޭނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ކޮމިޝަނަރު ހަމީދަކީ އިހުލާސްތެރި ފުލުސް ކޮމިޝަނަރެއް ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކީވެނުބަލައްވީ ހުރިހާ ބޮޑެތިމީހުން ވެގެން އުޅެނީ ރާޖެއައިރުދީނަށް ވަށްދަންވެގެން ދެންއަންނަ ދައުރު މޑޕ އަށްލިބިއްޖެއްޔާ ދީނަށްއުޅެއް މަނާކުރާނެ ކަމަށްބެލެވޭ ީީނީ ކަންތައްދާގޮތުން