ކޯޓުން ހުކުމް ކުރީ ނާޒިމް ސައްތާރު އެންމެ 3 މަސް ދުވަހަށް ގޭ ބަންދު ކުރުމަށް
އެތައް ބަޔަކާއެކު ލިވާތު ކުރި ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށަށް އިއުތިރާފް ވެފައިވާ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހުމަދު ނާޒިމް އަބްދުއްސައްތާރު 3 މަސް ދުވަހަށް ގޭ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ނާޒިމް ކުށަށް އިއުތިރާފު ވުމުގެ ސަބަބުން ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިޔަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތުގައެވެ.
މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވާގޮތުން ދައުލަތުން ނާޒިމްގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުންހިންގުމުގެ ކުށުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ވަނީ ސާބިތުވެފައެވެ. އަދި ޝަރީއަތުން ނިންމީ އޭނާ ތިން މަހާއި 26 ދުވަހަށް ގޭ ބަންދު ކުރުމަށެވެ. އެގޮތަށް ހުކުމް އައިސްފައިވަނީ އޭނާ ކުށެއް ކުރި ފުރަތަމަ ފަހަރު ކަމަށް ވެފައި، އިއުތިރާފު ވުމުގެ ސަބަބުން ކުށުގެ އަދަބު ދެ ދަރަޖަ ދަށް ވުމާ ގުޅިގެންނެވެ.
ނާޒިމް އާއި އެއްކޮށް އެއްޖިންސުން ގުޅުން ހިންގި އަލަމްގީރުވެސް ވަނީ ކުށަށް އިއުތިރާފް ވެފައެވެ. އޭނާ އަށް އައީ 7 މަހުގެ ޖަލު ހުކުމެކެވެ.
Mi massala beli gaazyge Nan engey meehaku ebahurtha