ޚަބަރު

މަހުލޫފް ވަގުތުން ވަގުތަށް މަގާމުން ވަކިކުރަންޖެހޭ: މުހައްމަދު އިސްމާއިލް

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވަގުތުން ވަގުތަށް މަގާމުން ވަކިކުރަންޖެހޭ ކަމަށް ޕީޕީއެމް – ޕީއެންސީ ކޯލިޝަނުގެ ހަރަކާތު ކޮމިޓީގެ ޗެއަރޕަރސަން މުހަންމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މުހަންމަދު މިފަދައިން ވިދާޅުވީ އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރުން ކުރިއަށްގެންދިޔަ ޔޯގާ ޑޭ ހަރަކާތް ހިންގުމަށް ޔޫތް މިނިސްޓްރީއިން ހުއްދަދީ، ރަސްމީކޮށް ބައިވެރިވެ، އެއްބާރުލުންދީފައިވާތީއެވެ.

މިކަމާ ގުޅިގެން މުހަންމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޯގާ ހަރަކާތަކީ ރާއްޖޭގެ ގާނޫނުން ތަންދޭ ހަރަކާތެއް ނޫންކަމަށްވެފައި، އެކަމަށް ހުއްދަ ދިނީ ޔޫތް މިނިސްޓްރީއިން ކަމަށްވުމުން، ވަގުތުން ވަގުތަށް ޔޫތް މިނިސްޓަރ މަހުލޫފް މަގާމުން ވަކިކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން މުހަންމަދު އިތުރަށް ވިދާޅުވި ގޮތުގައި މިނިސްޓަރ މަހުލޫފްގެ މައްޗަށް ގާނޫނީ އިމުގެ ތެރެއިން ހައްގު އަދަބު ތަންފީޒު ކުރަން ޖެހެއެވެ.

މުހަންމަދު މިފަދައިން ވިދާޅުވެފައިވާއިރު، މިއަދު ހިނގައި ދިޔަ ހާދިސާއާއި ގުޅިގެން ސަރުކާރުން ދަނީ އެކަން އިދިކޮޅު ކޯލިޝަންގެ ބޮލުގައި އެޅުވުމަށް ގިނަ މަސައްކްތްތަކެއް ކުރަމުންނެވެ. އެހެން ނަމަވެސަ ޕީޕީއެމް – ޕީއެންސީ ކޯލިޝަނުން ވަނީ މިކަން ދޮގުކޮށް، ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button