ޚަބަރު

ޔޯގާ ހުއްޓުވުމުން އެމްޑީއެން ހޭލައިފި!

އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު އަދި ޔޫތު މިނިސްޓްރީ އިން އިއްޔެ ހެނދުނު ކުރިއަށްގެންދިޔަ ޔޯގާ ޑޭ ހަރަކާތް ޒުވާނުން ނުކުމެ ހުއްޓުވުމާއި ގުޅިގެން އެކަމާމެދު ނުރުހުން ފާޅުކޮށް މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ބަޔާނެއް ނެރެފިއެވެ.

އެމްޑީއެންގެ މި ބަޔާނުގައި ބުނެފައިވަނީ މިއަދު ގަލޮޅު ދަނޑުގައި ހިނގާދިޔަ ހާދިސާއަކީ ރާވައިގެން ހިންގި“ނިރުބަވެރި ހަމަލާއެއް” ކަމަށެވެ. އަދި މިއީ އެޖަމުއިއްޔާއިން 2019 ވަނަ އަހަރު ނެރުނު “ލާދީނީ” ރިޕޯޓުގައި ބަޔާންކޮށްފައި ހުރި ކަންކަން ގަބޫލު ނުކުރުމުގެ ނަތީޖާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ، މިއަދު ހިނގާދިޔަ ހާދިސާއަކީ ހައްދުފަހަނައެޅުން ކަމަށާއި، އަދި މިއީ އިސްލާމްދީން ފަތުރާ ޖަމާއަތްތަކަށް ސަރުކާރުން ފުރުސަތު ދިނުމުން ނުކުންނަ ނަތީޖާ ކަމަށެވެ. މީގެ އިތުރުން އެމްޑިއެންއިން މި ބަޔާނުގައިވަނީ މިކަމާ ގުޅިގެން ރާއްޖެއާއި މެދު ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލާފައެވެ.

2019 ވަނަ އަހަރު އިސްލާމްދީނާ ދެކޮޅަށް ނެރުނު ރިޕޯޓަކާއެކު އާންމުންގެ ތެރޭގައު މަޝްހޫރުވި އެމްޑީއެންއިން އަބަދުވެސް ދަނީ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ އިސްލާމީ ވަހުދަތަށް ގޮންޖަހަމުންނެވެ. އަދި އެޖަމިއްޔާ އުފެދުނީއްސުރެ ދަނީ އިސްލާމްދީނަކީ ހައްދުފަހަނަ އަޅާފައިވާ ދީނެއް ކަމަށް ވަކާލާތުކޮށް، ރާއްޖޭގައި ދީނީ މިނިވަންކަމަށް ހުއްދަ ދިނުމަށް ބާރު އަޅަމުންނެވެ.

9 Comments

  1. މީދެ ކާފަރު ސައިތާނާ މިގައުމުގަ އަހަރެމެންގެ ދަރިން ތިބޭނެ އެމީހުން ތިޔަކާފަރުން ކާފަރުން މިގައުމުން ފައްސާލާނެ

  2. ވަކިހިސާބަކަށް ކަންތައް ދިޔައިމައި ލޯބިވާ މައިންބަފައިން އަނބިދަރިން މާތްﷲ އާހަވާލެވެ

  3. ކޮއްކޮއެއް ކަމަކު ދީނީ ކަންކަމާ ބެހޭކަމައްވާނަމަ ގައުމުގައި ނޫޅެވޭނެ. ތިޔަހުތީ ފައްސާލާފައި. ދެންޖެހޭނީ ދިވެހި ރައްޔިތުކަންވެސް ބާތިލު ކުރަން. އަނގަ މަޑުން ލައިގެން ހުންނަން ދަސްކުރޭ. މިގައުމުގައި ފާހިޝް އަމަލް އަދި ޞިރުކު ނުކުރެވޭނެ. އެކަންކަން ސަރުކާރުން ނުހުއްޓުވިއްޔާ ރައްޔިތުން ނިކުމެ ހުއްޓުވާނެ

  4. މުޅި ދުނިޔޭގައި ހިންދޫ ދީން ޕުރަމޯޓްކޮށް ހިންދޫ ދީން ފަތުރަން އިންޑިޔާއިން އދ ހުށަހަޅައިގެން ޔޯގާ ފާސްކުރިޔަސް ދިވެހިން ނުޖެހޭ އެޔަކަށް ތަބާވެ ޝިރުކުގެ އެ ޢަމަލުގައި ބައިވެރިވާން، ޔޯގާ ވައްތަރީ ކަސްރަތަކަށް ވުރެން ބޮޑަށް ހިންދީ ދީނުގެ އަޅުކަމަކާއި، މީގައި އެމީހުންގެ ކަލާގެ ސިފަވާ ގޮތަށްވެސް އިންނަންޖެހޭ ” ކަސްރަތަކަށްވާނީ އެކްސަސައިޒު ލިބޭ ކަސްރަތު، ޔޯގާގައި އިންނަ ތަނުގައި ހުއްޓި ހުރެ ކުރާ ހަރަކާތެއްކުރަނީ އެޔަކުން ހަށިގަޑަކަށް މާކަބޮޑު ކަސްރަތެއް ނުލިބޭނެ !

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button