ޚަބަރުސިޔާސީ

ޔޯގާއަށް ހުރަސްއެޅި މީހުނަށް ފިޔަވަޅު އަޅާނަން: ރައީސް ސޯލިހު

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ސެޝަނަށް ހުރަސް އެޅި އާންމުންނަށް ފިޔަވަޅު އަޅުއްވާނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކަމާ ދެކޮޅަށް މިއަދު ހެނދުނު އަޑު އުފުލި މީހުންގެ މައްސަލަ ފުލުހުން ބަލަމުން ދާކަމުގައެވެ.

އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި އެކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނާނެއެވެ.

އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު އަދި ޔޫތު މިނިސްޓްރީ އިން މިއަދު ހެނދުނު ކުރިއަށްގެންދިޔަ ޔޯގާ ޑޭ ހަރަކާތް ޒުވާނުން ނުކުމެ ވަނީ ހުއްޓުވާފައެވެ.

ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ މި ހަރަކާތް ހުއްޓުވުމަށް ދީނީ ޝިޔާރު ޖަހާފައިވާ ދިދަތަކަކާއެކު ގަލޮޅު ދަނޑަށް ގިނަ އަދަދެއްގެ ޒުވާނުން ވަދެ ވަނީ އެކަމާ ދެކޮޅަށް އަޑުފުލާފައެވެ. ދަނޑަށް މީހުން ވަނުމާއެކު ޔޯގާ ޑޭ ހަރަކާތުގެ ބައިވެރިން ވަނީ ދަނޑު ދޫކޮށް ގޮސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button