ޚަބަރު

ޔޯގާ ދުވަސް ފާހަގަކުރަން ފެށީ ކުރީ ސަރުކާރުން: މަހުލޫފު

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ފެށީ ކުރީ ސަރުކާރުން ކަމުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ބޭއްވި ހަރަކާތް އާންމުންގެ ބަޔަކު ނިކުމެ ހުއްޓުވުމާ ގުޅިގެން ”ބޮންތި“ އަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު މަހުލޫފު ވިދާޅުވީ ބައިނަލްއަގުވާމީ ޔޯގާ އާއި ބެހޭ ދުވަސް ކަނޑައެޅުމަށް އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ތާއީދުކޮށް ކޯ ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވި ކަމުގައެވެ.

”އެ ދުވަހުން ފެށިގެން ރާއްޖޭގަ އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރޭ. މިފަހަރު ކުއްލިޔަކަށް މިކަމެއް ދިމާވީމަ އަޅުގަނޑަށް މައްސަލައަކީ.“ މަހުލޫފު ވިދާޅުވިއެވެ.

ޔޯގާ އިވެންޓު ބޭއްވުމަށް ދީނީ އިލްމުވެރިންގެ ކިބައިން ލަފާ ހޯދިންތޯ މަހުލޫފު އާއި ސުވާލު ކުރުމުން ވިދާޅުވީ އެއީ ދީނީ ކަމެއް ނޫން ކަމަށާއި، ސިޔާސީ ކަމެއް ކަމަށާއި، އެކަމުގައި ހޯދަން ޖެހޭ ލަފައެއް ނެތް ކަމުގައެވެ. އޭނާ ވިދާޅުވީ މާފަންނު ޔޫތު ސެންޓަރުގައި ޔޯގާ ކްލާސް ހިންގާތާ 15 އަހަރު ވެފައިވާ ކަމުގައެވެ.

”އެހެރީ ފޮޓޯތައް ފެންނަން. ރައީސް ޔާމިންގެ ވެރިކަމުގައި ދުންޔާ މައުމޫން ފޮރިން މިނިސްޓަރަކަށް ހުންނަވައިގެން ފަތިހު އެތައް ބަޔަކާ އެކީގަ އެކަންކަން ކުރި މަންޒަރު އެބަހުއްޓޭ. ކުއްލިޔަކަށް މިއަދު މީތި ގޯސްވީމަ ކިހިނެއް އަޅުގަނޑު ގަބޫލު ކުރަނީ. ކުއްލިޔަކަށް ހަރާން ކުރީމަ. މިއީ ސިޔާސީ ކަމެއް.“ މަހުލޫފު ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި ދަނޑުގައި ތިބި ބޭރުގެ ޑިޕްލޮމެޓުންނަށް އެއްވުމުގެ ބައިވެރިން ހަމަލާ ދިނެވެ. އަދި އެކަމުގެ އަޑީގައި އޮތީ ސަލަފް ޖަމްއިއްޔާ ކަމުގައި މަހުލޫފު ތުހުމަތު ކުރެއްވިއެވެ.

ޔޯގާ ހުއްޓުވި މައްސަލައިގައި 6 މީހަކު ހައްޔަރު ކޮށްފައިވާއިރު އެކަމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނަވާނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައެވެ.

3 Comments

  1. Kuree sarukaarun kuri kanthah,thah kamunudhaathee aibayaku keevvethoa kuree sarukaaru kurihaa kameh thi kuranee ? Maanayakee kuree sarukaaru other mihaaru ves evvanagaey, Hama best.

  2. ބަޔަކު ރާބުއިމަ އެމީހުންވެސް ރާބުޔޭ. ދެންނުކިޔާ. އެކަންހުއްޓުވަންވީ. އެއިރަކު ތިއެމްޑީޕީޔަކައް ނެތޭ އެކަން ހުންޓުވޭކައް. އޭރު ތިމީހުން ތިބީ އިންޑިޔާގެ އަތްދަށުވެފަ.ޔާމީނު ވެރިކަމުން ދުރުކުރަން އިންޑިޔާއާއެކީ. ދެންމިހާރު ކޯޗެކޭ ތިކިޔަނީ.

  3. ehen veemaey mi bunanee kurin kuree hus rangalhu kanthakey. ehurihaa kamehves kuriah gendhaashey. baeh kantha kuranee keekkuran! hiyaa flat ves kurin dheyn oiy agah dheebala. boahiyaavahi kamah hedhi thanthan fihaara ashaa gas store kuraashaa kankamah nudheebala. eoiyhaa hus bimuga gaaburieh baavaafa namaves ethanthanah dheebala.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button