ޚަބަރު

ގިނަ އަދަދެއްގެ ޒުވާނުން ކީރިތި ރަސޫލާ ﷺ ގެ ދިފާއުގައި ނުކުމެއްޖެ

މިއަދު ހަވީރު 16:00 ގައި ފެށިގެން ކުރިއަށްދިޔަ “މަގޭ ނަބިއްޔާ” ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެ، އިންޑިއާގެ ބީޖެޕީއިން ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ހިންގާފައިވާ މުޑުދާރު އަމަލު ކުށްވެރިކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ މި ހަރަކާތުގައި 1000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، ހަރަކާތް ރާވާ އިންތިޒާމްކުރާ ފަރާތުން ބުނި ގޮތުގައި މިއަދުގެ ހަރަކާތަކީ މިފަދަ ގިނަ ހަރަކާތްތަކުގެ ފެށުމެވެ. އަދި މިހަރަކާތުގެ މަގްސްދަކީ ކީރިތި ރަސޫލާ (ސ.އ.ވ) އަށް ނަސްރު ދިނުން ކަމަށާއި، މި ހަރަކާތް ހުއްޓާނުލާނެ ކަމަށް ވަނީ ބުނެފައެވެ.

ދިވެހި ޒުވާނުން ރާވާ ހިންގާ މި ހަރަކާތުގައި، ގިނަ ޖަމިއްޔާ ޖަމާއަތްތަކާއި، ކުލަބު ތަކުގެ އިތުރުން، ބައެއް ސިޔާސީ ޕާޓީތަކުންވެސް ވަނީ ބައިވެރިވެފައެވެ. އެހެން ނަމަވެސް، ސަރުކާރު ކޯލިޝަނަށަ ނިސްބަތްވާ އެއްވެސް ޕާޓީއަކުން މިހަރަކާތުގައި ބައިވެރިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މި ހަރަކާތުގެ ބައިވެރިން ވަނީ ބޯޑުތަކުގައި ލިޔެގެން، ކީރިތި ރަސޫލާ (ސ.އ.ވ) ތައުހީނުކޮށް ދައްކާފައިވާ ވާހަކަ ކުށްވެރިކޮށް، އިންޑިއާގައި މުސްލިމުންނާ ދެކޮޅަށަ ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށްފައެވެ. މިހަރަކާތް ދެން އޮންނާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.

One Comment

  1. ދިވެހިޒުވާނުންނަށް އައްސަރިބަހާސާބަސް ދަންނަވަން ތިޙަރަކާތްހުއްޓާނުލައި ކުރިއަށް ގެންދަންޖެހޭ.މިދިިވެހިފަސްގަނޑުގައިތިބި ލާދީނީ މީހުންނަށް ދިވެހި ޒުވާނުންގެހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް އޮތް ލޯބި ދައްކާލަންއެބަޖެހޭ.

Leave a Reply to مرحباء Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button