ޚަބަރު

އެއާޕޯޓުގެ ކުރެހުމާ ގުޅޭގޮތުން ރައީސް ހެދީ ދޮގު: މުހައްމަދު ސައީދު

ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު އަތުލުމަށްފަހު ރައީސް އިބްރާހީމް ސޯލިހުގެ ވެރިކަމާ ހަމައަށް އައިރު އޮތީ ޓަރމިނަލްގެ ކުރެހުމެއް އެކަނި ކަމަށް ވިދާޅުވެ، އެމަނިކުފާނު ހެއްދެވީ އިތުރުފުޅެއް ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިހެން ވިދާޅުވެ ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަށްފަހު ކުރެވުނު މަސައްކަތްތައް ތިލަކޮށްދެއްވާފައެވެ.

މި ޓްވީޓުގައި ސައީދު ވިދާޅުވީ ޖީއެމްއާރު އަތުން އެއަރޕޯޓު ނެގުމަށްފަހު، އަހަރަކު 5 މިލިއަނާއި 7 މިލިއަނާއި ދޭތެރޭގެ އަދަދަކަށް ފަސެންޖަރުން ދައުރުކުރެވޭ ވަރުގެ މުޅިން އައު ޓާރމިނަލްގެ ބިންގާ 21 މެއި 2016 ގައި ރައީސް ޔާމީން އަބްދުލް ގައްޔޫމް އެޅުއްވި ކަމަށެވެ.

އެއަށްފަހު ޑިޒައިންތަކާއި ކުރެހުންތައް ނިންމައި، ފައިނޭންސިންގް ހޯދުމަށްފަހު ކޮންޓްރެކްޓަރާއި މަސައްކަތް ހަވާލުކުރެވުނު ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް މައްކާގައި ހިނގާދިޔަ ކެރޭން ވެއްޓުމުގެ ހާދިސާއަށްފަހު، މައި ކޮންޓްރެކްޓަރަށް ހުރަސްތަކެއް ކުރިމަތިވުމުން ސްޕީޑް ލަސްވި ކަމަށާއި، އެހިސާބުން ފެށިގެން ސަބްކޮންޓްރެކްޓު ކުރުމަށް ތަފާތު މަސައްކަތްތައް ކުރެވުނު ކަމަށް ސައީދު ވިދާޅުވިއެވެ.

އެގޮތުން ޕްރޮޖްޓަށް ފައިނޭންސް ކުރި ފަރާތާއި، މެއިން ކޮންޓްރެކްޓަރު ހިމެނޭގޮތަށް، ސަބްކޮންޓްރެކްޓް އުސޫލުން ނުވަތަ އެހެން ގޮތަކަށްވެސް މަސައްކަތް ކުރިއަށްގެންދެވޭތޯ މަސައްކަތްކޮށްފައިވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ނޫސްވެރިންނާއި ބައްދަލު ނުކުރައްވާތާ 300 ދުވަސްފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު އޮތީ ޓާމިނަލްގެ ކުރެހުމެއް އެކަނި ކަމަށެވެ. އަދި ރާއްޖެއަށް ފެތޭގޮތަށް ސިފަވާގޮތަކަށް އޮތް ކުރެހުމަކަށް ނުވާތީ އެ ކުރެހުން ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button