ޚަބަރު

ކީރިތި ރަސޫލާގެ ދިފާއުގައި ނުކުތުމަށް ޕީޕީއެމްގެ ޒުވާނުން ގޮވާލައިފި

އިސްލާމްދީނާއި ކީރިތި ރަސޫލާ (ސ.އ.ވ) ގެ ދިފާއުގައި ނުކުތުމަށް ޕީޕީއެމްގެ ޒުވާނުންގެ ގޮފިން ގޮވާލައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޒުވާނުން ވަނީ އިންޑިއާގެ ބީޖޭޕީގެ އޮފިޝަލުންތަކެއް ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމްދީނަށް ހަޖޫޖަހައި ދައްކާފައިވާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މީގެ އިތުރުން މިކަމާ ދެކޮޅަށް “މަގޭ ނަބިއްޔާ” ގެ ނަމުގައި މާދަމާ ކުރިއަށްގެންދާ ހަރަކާތުގައި ޕީޕީއެމް ޒުވާނުންގެ ގޮފިން ބައިވެރިވާނެކަން ވަނީ އިއުލާންކޮށްފައެވެ. އަދި ވީހާވެސް ގިނަ ޒުވާނުން މި ހަރަކާތުގައި ބައިވެރިވުމަށް ވަނީ އެދިފައެވެ.

ހަމަ އެހެންމެ ޕީޕީއެމްގެ ފަރާތުން މިހަރަކާތުގައި ބައިވެރިވާ އެއްވެސް ފަރާތަކުން މި ހަރަކާތުގެ ޝިއާރާ ނުގުޅޭ އެއްވެސް ޝުއޫރެއް ފާޅުނުކުރުމަށް ވަނީ އެދިފައެވެ.

ފަހަކަށް އައިސް ޕީޕީއެމްގެ ޒުވާނުންގެ ގޮފިން ވަނީ އެގޮފީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް އިތުރުކޮށްފައެވެ. އަދި އެޕާޓީއާއި ގުޅެމުންދާ ޒުވާނުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button