ޚަބަރު

އިންޑިއާއިން އެތެރެކުރަން އުޅުނު 1 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެއްޖެ!

ރާއްޖެ އެތެރެކުރަން އުޅުނު 1 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްއިން އަތުލައިގަނެއްޖެއެވެ.

ނަން ހާމަނުކުރަން ޝަރުތުކޮށް ބޮންތިއާ މައުލޫމާތު ހިއްސާކުރި ކަސްޓަމްސްގެ ގެ މުވައްޒަފަކު ބުނި ގޮތުގައި އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހޭޝް އޮއިލް ނުވަތަ އާންމު ގޮތެއްގައި ކިޔާ ގޮތުންނަމަ ތެލެވެ. މިތަކެތި އެތެރެކޮށްފައިވާ ކަމަށް ބެލެވެނީ އިންޑިއާ މަގުންނެވެ. އިންޑިއާ އަކީ އޭޝިއާ ސަރަހައްދުގައި ހޭޝް އޮއިލް އެންމެ ގިނައަދަދަކަށް ބޭރުކުރާ ގައުމެވެ.

މި ތަކެތި ރައްކާ ކޮށްފައި ހުރީ 40 ފޫޓު ކޮންޓެެއިނަރެއްގައި ހުރި ޓޮމާޓޯ ސޯސް ޕެކެޓު ތަކެއްގެ ތެރޭގައެވެ. ކޮންޓެއިނަރުގެ ތެރޭގައި ހުރި މަސްދުވާތަކެތީގެ ޖުމްލަ ބަރުދަން 1.6 ޓަނާއި ގާތްކުރާނެ ކަމަށް އޭނާ މައުލޫމާތުދެއެވެ. މިއީ މަގުމަތީ އަގުން ބަލާކަމުގައިވާނަމަ 960،000،000 ރުފިޔާގެ މަސްތުވާތަކެއްޗެވެ.

މައުލޫމާތު ހިއްސާކުރި ފަރާތުން އިތުރަށް ބުނި ގޮތުގައި، މިތަކެތި އަތުލައިގެންފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަސްޓަމްސްގެ މުވައްޒަފުންނެވެ. ފުލުހުން އެތަނަށް ހާޒިރުވީ ގަޑިއިރެއް ހާއިރު ފަހުންނެވެ.

ކަސްޓަމްސް ސަރަހައްދުގައި މިއަދުގެ ހަވީރުން ފެށިގެން ފުލުހުން ދަނީ ހަތަކާތްތެރިވަމުންނެވެ. އަދި ހަވީރުން ފެށިގެން ކަސްޓަމްސް ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. މިއީ ތަހުގީގުކުރެވެމުންދާ މައްސަލައަކަށްވާތީ، މިކަމާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން އިތުރު މައުލޫމާތެއް ލިބޭގޮތް ވަނީ ނުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button