ޚަބަރު

ނަފްސު ރައްކާތެރިކުރުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި

މިއަދުގެ ހުކުރު ޚުޠުބާގައި ނަފްސު ރައްކާތެރި ކުރުމުގެ ފިޔަވަޅުތައް ހަރުދަނާ ކުރަން ގޮވާލާފިއެވެ.

އިސްލާމީ ޝަރީޢަތުގައި ނަފްސުގެ ދަރަޖަ ވަރަށް މަތިވެރިއެވެ. މިހެންކަމުން، ކީރިތި ޤުރުޢާންގެ އެތަކެއް އާޔަތެއްގައިވެސް ނަފްސު ރައްކާތެރިކުރުމަށް ގޮވާލާފައިވެއެވެ.

ފަހަކަށް އައިސް ގޯތިގެދޮރު ޢިމާރާތް ކުރުމުގައި ވަރަށް ބޮޑަށް ފަރުވާކުޑަކަމަށާއި ޢިމާރާތް ކުރުމުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ހިތާމަވެރި ހާދިސާތަކާއި ކުރިމަތިލާން ޖެހެއެވެ. މިހެންކަމުން، ޢިމާރާތްކުރުމުގައި ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް ޙުތުބާގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން، އެއްގަމު އުޅަނދުފަހަރު ދުއްވާ މީހުންނާއި، މަގު މަތީ ހިނގާ މީހުންވެސް ރައްކާތެރިވުމަށް ގޮވާލާފައިވެއެވެ. އެއްގަމު އުޅަނދުގައި ދަތުރު ކުރާމީހުން އެތަކެތީގެ ބުރަކި ރަނގަޅުތޯ، ތެޔޮ ހުރިތޯ، އަޑީ ތެޔޮ ބަދަލުކުރަންޖެހޭތޯ އަދި ފުރޮޅުގެ ޓަޔަރު ހުރީ ސަލާމަތުންތޯ ދަތުރު ފެށުމުގެ ކުރިން ބަލަން ޖެހޭނެކަމަށް ޚުޠުބާގައިވެއެވެ. އަދި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް ގޮވާލާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button