ޚަބަރުވިޔަފާރި

ލޭޑީސް އެމްވީ އިން ”ލެލާސް“ ރާއްޖެއަށް ތައާރަފް ކޮށްފި

ތުރުކޭގެ މަޝްހޫރު ލަގްޒަރީ ސެންޓު ”ލެލާސް“ ރާއްޖެ އަށް ތައާރަފް ކޮށްފިއެވެ.

2014 ވަނަ އަހަރު ތުރުކޭގެ ބާޒާރަށް ނެރުނު ”ލެލާސް“ އަކީ މިހާރު މުޅި ދުނިޔޭގެ ބާޒާރުގައި ވެސް ވަރަށް ފާހަގަކޮށްލެވޭ ސެންޓެކެވެ. ”ލެލާސް“ ބުރޭންޑްގެ 48 އައުޓްލެޓް ތުރުކޭގައި އެކަނިވެސް ހުރެއެވެ. އަދި ދުނިޔޭގެ އެކިއެކި ގައުމުތަކުގައި 117 އަށް ވުރެން ގިނަ އައުޓްލެޓް ހުރެއެވެ. މިހާރު ތުރުކޭގެ މަޝްހޫރު ”ލެލާސް“ ލަގްޒަރީ ސެންޓު މިވަނީ ލޭޑީސް އެމްވީގެ ފަރާތުން ރާއްޖޭއަށް ތައާރަފްކޮށްފައެވެ. ލޭޑީސް އެމްވީއިން ތުރުކޭގެ މަޝްހޫރު ”ލެލާސް“ ތައާރަފްކުރުމަށް ރޭ ދިމްޔާތު ހޮޓެލްގައި ވަނީ ވަރަށް ކުލަގަދަ ހަފްލާއެއް ބާއްވާފައެވެ. އަދި މިހަފްލާގައި ގިނައަދަދެއްގެ ފަންނާނުން ބައިވެރިވެފައިވެއެވެ.

ތުރުކޭގެ މަޝްހޫރު ލަގްޒަރީ ސެންޓު ”ލެލާސް“ ރާއްޖެ އަށް

”ލެލާސް“ގެ ޖާދުވީ ވަސްތައް އެކުލެވިގެންވާ އޮރިޖިނަލް ސެންޓު ފުޅިތަކުގެ އަގުތަކަށް ބަލާލާއިރު 1000ރ އާއި 1800ރ ދެމެދު ގެ އަގުތަކެއްގައި ލިބެން ހުނާނެކަމަށް ލޭޑީސް އެމްވީން ވަނީ ބުނެފައެވެ. ލޭޑީސް އެމްވީ 2013 ގައި ދިވެހިންގެ ތެރެއަށް ތައާރަފްވީ ފޭސްބުކާއި އިންސްޓަގްރާމުގައި ހިންގާ ޕޭޖު ލޭޑީސް އެމްވީ އިން ރާއްޖެއަށް ތާރަފްކުރި ކޮލާޖެން އުފެއްދުންތަކުގެ އިތުރުން ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަ ތަކެތި ބާޒާރަށް ނެރެގެންނެވެ. މިހާރު ލޭޑީސް އެމްވީގެ ދެ އައުޓްލެޓް މާލޭގައި ހުރެއެވެ.

”ލޭޑީސް އެމްވީ“ގެ އޯނާރ ޝިމްނާ ބޮންތިއަށް މައުލޫމާތު ދިން ގޮތުގައި ތުރުކޭގެ މަޝްހޫރު ލަގްޒަރީ ސެންޓު ”ލެލާސް“ މިވަނީ ރާއްޖެއަށް ”ލޭޑީސް އެމްވީ“ގެ ފަރާތުން ތައާރަފްކުރެވިފައި ކަމަށާއި އަދި އުންމީ ދަކީ މި ބްރޭންޑު ރާއްޖޭގައިވެސް މީހުންގެ މެދުގައި މަޤުބޫލު ބްރޭންޑަކަށް ވެގެންދާނެ ކަމަށެވެ. ”ލެލާސް“ ސެންޓު ލިބެންހުންނާނީ ”ލޭޑީސް އެމްވީ“ގެ މަޖީދީމަގު އައުޓްލެޓުން ކަމަށް ޝިމްނާ ދެއްނެވިއެވެ.

”ލެލާސް“ މި ސެންޓަކީ ވަރަށް ގިނައިރު ވަސް ހިފަހައްޓާލަދީ، އެތައް ބައެއްގެ ހިތްތައް ދަމައިގަންނަވަރުގެ ޖާދުވީ ވަހެއް އެކުލެވިގެންވާ ސެންޓެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button