ދުނިޔެ

ބީޖޭޕީން އަންގައިގެން ކޮލެޖެއްގެ ޕާކުތެރޭ ނަމާދުކުރި ޕްރޮފެސަރަކު ގޭގައި މަޑުކުރަން އަންގައިފި

އިންޑިއާގެ ޝްރީ ވަޝްނޭ ކޮލެޖުގެ ޕާކުތެރޭގައި ނަމާދުގެ އަޅުކަން އަދާކުރުމުން އެ ކޮލެޖުގެ ގާނޫނީ އިލްމުގެ ޕްރޮފެސަރު ޙާލިދަށް އެއް މަސްދުވަހު ގޭގައި މަޑުކުރުމަށް އަންގައިފިއެވެ.

އެކޮލެޖުން ޕްރޮފެސަރ ހާލިދު ގޭގައި މަޑުކުރުމަށް އެންގީ އޭނާ ނަމާދުކުރަން ހުރި ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެ، އިންޑިއާގެ ހިންދޫ ގްރޫޕުތަކާއި، ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ޕްރެޝަރު ބޮޑުވާން ފެށުމުންނެވެ.

މި ވީޑިއޯ ވައިރަލް ވުމާއެކު ބީޖޭޕީގެ ޒުވާނުންގެ ގޮފީގެ އަލިގާހް ޑިސްޓްރިކްޓްގެ ނައިބު ރައީސް “ދަ ކުއިންޓް” ނޫހަށް ދިން ބަސްތީގަތުމެއްގައި ސިފަކޮށްފައިވާ ގޮތުގައި މިއީ މުޖުތަމައުގެ ހަމަޖެހުން ނަގާލައި، ބައިބައިވުން އުފެއްދުމަށް ގަސްތުގައި ރާވައިގެން ހިންގާފައިވާ ޖަރީމާއެކެވެ.

އެހެން ނަމަވެސް ޝްރީ ވަޝްނޭ ކޮލެޖުގެ ޕްރިންސިޕަލް ވިދާޅުވީ ޕްރޮގެސަރ ޙާލިދް ޕާކުގައި ނަމާދުކުރީ ވަގުތު ކުޑަތަންވާތީކަމަށް ބުނެފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އިންޑިއާގެ ހިންދޫ، އަދި މަހާބާސާ ގްރޫޕުތަކުން ދަނީ ޕްރޮފެސަރ ޙާލިދުއަށް ފިޔަވަޅުއެޅުމަށް ގޮވާލަމުންނެވެ. އަދި ޕްރޮފެސަރ ޙާލިދުއަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ކަމަށް ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް “ދަ ވަޔަރ” ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕްރޮފެސަރ ހާލިދުގެ ފަރާތުން އެފަދަ އެއްވެސް ކަމެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button