ޝިފާ ”ޖަހަނީ“ ބަތްތަށީގަ ތަ؟
އެއް ޖިންސުން ގުޅުން ހިންގާ ގިނަ ވީޑިއޯތަކެއް އާންމުވި ޓިކްޓޮކް ތަރި މަރިޔަމް ޝިފާ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ބޭނުންކުރާ ވީޑިއޯއެއް އާންމު ވެއްޖެއެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ހުދު ކުލައިގެ ކުނޑިތަކެއް ބަތް ކާން ގެންގުޅޭ ތަށްޓަކަށް އޭނާ އަޅައެވެ. އެއަށްފަހު އައިޑީ ކާޑެއް ބޭނުންކޮށްގެން ލައިނަކަށްވާގޮތަށް ކުނޑިތައް އެއްކޮށްލުމަށްފަހު ނޭފަތުން އެ ކުނޑިތައް ދަމައެވެ. އަދި މަސްތުވުމަށް ބޭނުންކުރާ ބައެއް އާލާތްތައްވެސް އެ ވީޑިއޯއިން ފެނެއެވެ.
”ބޮންތި“ އާ ވީޑިއޯ ހިއްސާކުރި މީހާ ބުނީ އެއީ ޝިފާކަން އޭނާއަށް ކަށަވަރުވާ ކަމަށާއި، ކުރިން އާންމުވި މުޑުދާރު ވީޑިއޯތަކަކީ އެޑިޓެއް ކަމަށް ޝިފާ ބުނިގޮތަށް މި ވީޑިއޯއަކީވެސް އެޑިޓެކޭ ބުނުން ގާތްކަމުގައެވެ. އެކަމަކު އޭނާގެ އަތުގައި ޖަހާފައި ހުންނަ ޓެޓޫއިން އެއީ ޝިފާކަން ކަށަވަރުވާ ކަމުގައެވެ.
”މީނަ މިޖަހަނީ ބަތްތަށީގަތަ؟ ކީކޭ ބުނާނީ. މިވެސް ބުނާނެ އެޑިޓެކޭ.“ އޭނާ ބުންޏެވެ.
މި ވީޑިއޯ އާންމުވުމާ ގުޅިގެން ޝިފާ އަދި އެއްޗެކޭ ނުބުނެއެވެ. އެކަމަކު މީގެ ކުރިން އާންމުވި ވީޑިއޯގެ މައްސަލައިގައި ޝީފާ ބުނީ އެއީ އޭނާ އެމްއެންޕީއަށް ސޮއި ކުރުމުގެ ސަބަބުން އޭނާގެ ސިޔާސީ ހަޔާތް ބަރުބާދުކޮށްލަން ބަޔަކު ގަސްތުގައި ރާވައިގެން ހިންގާ ކަމެއް ކަމަށާއި، އެ ވީޑިއޯތަކަކީ ”ޑީޕް އެޑިޓެއް“ ކަމުގައެވެ. ވީޑީއޯ އެޑިޓް ކުރުމުގެ ދާއިރާގައި އެތަކެއް ދުވަސްވަންދެން ހަރަކާތްތެރިވާ ގިނަ ބަޔަކު ތިބީ ”ޑީޕް އެޑިޓް“ އަކީ ކިހިނެއް ކުރާ އެޑިޓެއް ކަން މިއަދާ ހަމައަށްވެސް ނޭނގިފައެވެ.
ޝިފާ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުން އެކަން ބަލާ ކަމަށްވެއެވެ. އެކަމަކު މާބޮޑު ތަފްސީލެއް ނޭނގެއެވެ.
މިކަމާ ގުޅިގެން ޝިފާގެ ބަހެއް ލިބޭތޯ ”ބޮންތި“ އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.