ހެކި ނެތިގެން ޝިފާގެ މައްސަލަ ފައިލްކޮށްފި

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި، ޓިކްޓޮކް އިން ރާއްޖޭގައި މަޝްހޫރުކަން ހޯދި މަރިޔަމް ޝިފާ އާއި ދެކޮޅަށް ހިންގި ތަހުގީގު ނިންމައި ފައިލް ކޮށްފިއެވެ.
މި މައްސަލަ ފައިލްކޮށްފައިވަނީ އެކަށީގެންވާ ވަރަށް ހެކި ނެތްކަމަށް ބުނެއެވެ. ޝިފާ އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެ މައްސަލައިގެ ތަހުގީގު ނިންމައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ޖިނާއީ ދައުވާއެއް ކުރެވޭވަރަށް ހެކި ނެތްކަމަށް ވަނީ ޕީޖީން ވަނީ ބުނެފައެވެ.
މި ވީޑިއޯތައް ލީކުވުމާއި ގުޅިގެން މި މައްސަލައިގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ޝިފާގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެވެ. އެހެންނަމަވެސް މިކަމުގެ ތުހުމަތުގައި ޝިފާ ހައްޔަރު ކޮށްފައެއް ނުވެއެވެ.
މިފަހަކަށް އައިސް އެއްޖިންސުން ގުޅުން ހިންގުން ވަނީ އާމުވެފައެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ދާދިފަހުން ވަނީ ރައްޔިތުންގެ މަޖްލީހުގެ ރައީސްގެ ކޮއްކޮ އަހުމަދު ނާޒިމް އަބްދުއްސައްތާރު އަދި ޕޮލިސް ސާޖަންޓް އަބްދުއްރަހުމާން ރަފީއު (ދޮންދިގު) މައްޗަށްވެސް ހުކުމްކޮށްފައެވެ. އެގޮތުން 3 މަސްދުވަހަށް ގޭބަންދުކުރުމަށް ނާޒިމް ސައްތާރަށް ވަނީ ހުކުމްކޮށްފައެވެ. ރަފީއު (ދޮންދިގު)ގެ މައްޗަށް ވަނީ 1 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާާ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.
އެއްޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެ، ހުކުމް ތަންފީޒުކުރަމުންދާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރުގެ މައްޗަށް އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާ އަށް އަމިއްލަ އަށް އިއުތިރާފް ވުމުން ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައި ވެއެވެ.