ޚަބަރު

ޓިކްޓޮކް ޝިފާގެ ޕާސްޕޯޓް ހިފަހައްޓައިފި

ދިވެހިންގެ މެދުގައި މަޝްހޫރުކަން ލިބިފައިވާ ޓިކްޓޮކް ތަރި މަރިޔަމް ޝިފާގެ  ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ފުލުހުން ހާމަކޮށްފައި ވާގޮތުގައި ޝިފާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުން ވަނީ މީގެ ދުވަސް ކޮޅެއް ކުރިން ޝިފާ އެހެން އަންހެނަކާ އެކީ އެއްޖިންސުން ގުޅުން ހިންގާ މައްސަލައެއް ބަލާކަމަށް ބުނެފައެވެ.

އެހެން އަންހެނަކާއި އެކު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯ އެއް ވަނީ ސޯޝަލް މީޑިއާގައި ލީކުވެފައެވެ. މިމައްސަލައިގައި ޝިފާ މީގެ ކުރިން ބުނެފައި ވަނީ އެއީ ’ޑީޕް‘ އެޑިޓެއް ކަމަށެވެ. އެއަށްފަހު ޝިފާގެ ރާގު ވަނީ ބަދަލު ވެފައެވެ. ފަހުން ޝިފާ ބުނެފައިވަނީ އެއީ ސިޔާސީ ގޮތުން ބަޔަކު މަންފާއެއް ހޯދުމަށް ކުރިކަމެއް ކަމަށެވެ. އެއީ އޭނާއަށް ލިބިފައިވާ މަޝްހޫރުކަމުގެ ސަބަބުން ބަޔަކު ކޮށްފައިވާ ކަމެއްގެ ގޮތުގައި ޝީފާ އެކަން ސިފަކުރިއެވެ.

ދާދިފަހުން ދިއްފުށީގައި ބޭއްވި އީދު ޝޯ އަކުން ޝިފާ ވަނީ ބޭރުކޮށްފައެވެ. އަދި ލާމުގައި ބާއްވަން އޮތް ޝޯއަށް ވެސް އޭނާ ނުގެންދަން ވަނީ ނިންމާފައެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button