ޚަބަރު
މިރޭގެ އިންޑިއާ އައުޓު މުޒާހަރާއިން ހައްޔަރު ކުރި 2 އަންހެނުން ދޫކޮށްލައިފި

އިދިކޮޅުން މިރޭ ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓު މުޒާހަރާއިން ހައްޔަރު ކުރި 2 އަންހެނުން ދާދި ދެންމެއަކު ދޫކޮށްލައިފިއެވެ.
އެ ދެމީހުން ދޫކޮށްލުން ލަސްވެގެން ޕޮލިސް ކަސްޓޯޑިއަލް ކައިރީގައި އިހުތިޖާޖު ކޮށްފައިވެއެވެ.
މިރޭގެ މުޒާހަރާގައި ދައުލަތުގެ 100 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރުމަށް ފަންޑު ފޮއްޓެއްވެސް ގެންގުޅުނެވެ. މީގެ އިތުރުން “ލާދީނީ ސަރުކާރު” “ރާއްޖެ މިނިވަންކުރޭ” ފަދަ ޝިއާރު ލިޔެފައިވާ ބޯޑުތައް ބޭނުންކޮށްފައިވެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން މިހާރު އަންނީ ކޮންމެ ރެއެއް ކަހަލަ ގޮތަކަށް މުޒާހަރާ ކުރަމުންނެވެ.