ޚަބަރު
އައްޑޫ ޒުވާނަކު މަރާލި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
އައްޑޫ ސިޓީ ފޭދޫގައި ކަތިވަޅިއަކުން ހަމަލާދީ 21 އަހަރު ޒުވާނަކު މަރާލި މައްސަލައިގައި 15 އަހަރުގެ ކުއްޖަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އެ ކުއްޖާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމުގައެވެ.
އެ މައްސަލައިގައި ރޭ ހައްޔަރު ކުރި 16 އަހަރުގެ ކުއްޖާގެ ބަންދަށް ކޯޓުން މިއަދު 10 ދުވަސް ޖަހާފައިވާކަމުގައިވެސް ފުލުހުން ބުންޏެވެ. އަދި ރަށުތެރޭ އަމާންކަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި ރޭ ހައްޔަރު ކުރި 18 އަހަރުގެ ދެމީހުނާއި 29 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފޭދޫ މާރާމާރީއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ގްރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމެކެވެ.