ޕީޕީއެމް ކައުންސިލް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޕީޕީއެމް ކައުންސިލް މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށް އެޕާޓީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޕާޓީގެ އަސާސީ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) އަށް ގެނެވުނު ބަދަލާއެކު، އެ މާއްދާގެ (ހ) ގެ 16 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ކައުންސިލަށް އިތުރުކޮށްފައިވާ 10 މަގާމާއި، ހުސްވެފައިވާ 2 މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
މީގެ އިތުރުން 29 ވަނަ މާއްދާގެ 15 ވަނަ ނަންބަރުގައި ވާފަދައިން، ހުސްވެފައިވާ 5 އަންހެން މެންބަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަރުވެސް ވަނީ ހުޅުވާލާފައެވެ.
މި މަގާމުތަކަށް ކުތިމަތިލުމުގެ ފުރުސަތު ހުޅުވައިލެވިފައިވަނީ ޖޫން 4 2022 ގެ ނިޔަލަށް ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މި މަގާމުތަކަށް ކުތިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން 9 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެކަމަށް އެދި ފޯމު މެދުވެރިކޮށް ޕާޓީގެ މައި އޮފީހަށް، ނުވަތަ އެޕާޓީގެ މެއިލް admin@ppm.mv އަށް ފޮނުވައިދިނުމަށް ބަޔާނުގައި ވަނީ އެދިފައެވެ.