އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލާގައި ސުޕްރީމް ކޯޓުގައި މައްސަލަ މިހާރު ކުރިޔަށްދާ ދުސްތޫރީ މައްސަލާގައި، ހުޅުވާލެވިފައިވާ ތަހުޒީބީ، ދީމިގްރާތީ މުޖުތަމައުތަކުގައި މިފަދަ މައްސަލަތަކުގައި އަމަލުކުރާ ގޮތުގެ މިސާލަކަށް ދައުލަތުގެ ފަރާތުން އަފްގާނިސްތާނުގެ އާއި ވެރިކަން ކުރާ ތާލިބާނުންގެ ނިޒާމް ދައްކައިފިއެވެ.
އަފްގާނިސްތާނުގައި މިހާރު ވެރިކަން ކުރާ ތާލިބާނުންނަކީ ހަނގުރާމަކޮށްގެން އެގައުމުގެ ވެރިކަން އަތުލީ ބައެކެވެ. އެމީހުންނަކީ ޑިމޮކްރަސީއާ ދެކޮޅު ޖަމާއަތެކެވެ.
އެގައުމުގެ އިތުރުން ދެން ދައުލަތުން މިސާލު ނެގީ އިންޑިއާ އަދި ބަންގްލަދޭޝްއެވެ. އެއީވެސް ހުޅުވާލެވިފައިވާ ޑިމޮކްރަޓިކް ދެ ގައުމު ކަމަކަށް ދުނިޔެ ނުދެކެއެވެ.
ދައުލަތުން މި ރިފަރެންސް އާއި ގުޅިގެން ބައެއް ފަނޑިޔާރުންގެ މޫނު ފުޅުމަތިން ޝައްކެއްގެ ތެރެއަށް ވާަސިލްވާ މަންޒަރު ފެނެއެވެ.