ޚަބަރުސިޔާސީ

ތިލަމާލެ ބްރިޖް ހިލޭ އެޅުނީސް: ރައީސް ޔާމީން

ތިލަމާލެ ބްރިޖް ހިލޭ އަޅައިދޭނެކަމަށް އެމަނިކުފާނުގެ ވެރިކަމުގައި ޗައިނާ ސަރުކާރުން ބުނި ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މިރޭގެ މަވެސް ޕީޕީއެމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި، ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ތިލަމާލެ ބްރިޖް ހިލޭ އަޅައިދޭނަކަމަށް ޗައިނާ ސަރުކާރުން ބުނި ކަމަށެވެ.
އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ތިލަމާލެ ބްރިޖް އެޅުމަށް ކުރާ ހަރަދަކީ ބޮޑު އިސްރާފެކެވެ. އަދި މިވަގުތު ރައްޔިތުން އެދެނީ އިތުރު ބްރިޖަކަށް ނޫން ކަމަށާއި، ރައްޔިތުން އެދެނީ ފުދުންތެރި ދިރިއުޅުމަކަށް ކަމަށް ވިދާޅުވިއެވެ.

ހަމަ އެހެންމެ އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ނެތް ވަރުން ތިލަމާލެ ބްރިޖް އެޅުމަށް މަސައްކަތްކުރަނީ އެމަނިކުފާނުގެ ޒައާމަތުގައި ސިނަމާލެ ބްރިޖް އެޅުމުން އެކަމުގެ ވާދައިގައި ކަމަށެވެ. އަދި ތިލަމާލެ ބްރިޖަކީ ރައްޔިތުންގެ ލާބައަށް އަޅާ ބްރިޖެއް ނޫން ކަމަށާއި، އެއީ ސިޔާސީ މަންފާއަށް ހިންގާ މަޝްރޫއެއް ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button