ޚަބަރުސިޔާސީ

ޒުވާނުންގެ މުސްތަގުބަލް ނަގައިލަނީ އެމްޑީޕީ: ރައީސް ޔާމީން

ޒުވާނުންގެ މުސްތަގuބަލް ނަގާލައި ގައުމު ދޮވެލަނީ އަބަދުވެސް އެމްޑީޕީކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މިރޭގެ “މަވެސް ޕީޕީއެމް” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ޒުވާނުން މަގުމައްޗަށްނެރެ، ސިޔާސީ ބޭނުންތަކަށް ޒުވާނުންގެ ބޭނުން ހިފާބައެއް ކަމަށެވެ. އަދި އެމްޑީޕީ އަކީ އެއްވެސް އިރަކު ޒުވާނުންނަށް ހެޔޮ ނިޔަތެއްގައި ކަމެއް ކޮށްދޭނެ، އަދި ކޮށްދީފައިވާ ބައެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ގައުމު ދޮވެލައި، ޒުވާނުން ނިކަމެތިކޮށްލާ ކަމަށެވެ. ވީމާ މިކަންކަމާމެދު ވިސްނާ، އެފަދަ ސިޔާސީ ޕާޓީތަކުގެ ނުފޫޒުން ސަލާމަތްވުމަށް ރައީސް ޔާމީން ނަސޭހަތްތެރިވެލެއްވިއެވެ.

ހަމަ އެހެންމެ އެމަނިކުފާނު ވިދާޅުވީ ޕީޕީއެމުން ޒުވާނުން ޖަލުގެ ތޭރިތަކުގައި ބަންދުކޮށްފައި ނުބައިތިއްބާނެ ކަމަށާއި، ޕީޕީއެމުން އަބަދުވެސް މަސައްކަތްކުރާނީ، ޒުވާނުންގެ ދިރިއުޅުން ހަރުދަނާކޮށް، ފުދުންތެރިކޮށްދިނުމަށް ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ މިއަދު ދިވެހިރާއްޖޭގެ މައްޗަށް އިންޑިއާއިން ފޯރުވަމުންދާ ނުފޫޒުގެ ވާހަކަ ފާހަގަކުރައްވައި، އެކަމާ ވިސްނަވައި، ގައުމުގެ މިނިވަންކަމުގެ ހައްގުގައި މަސައްކަތްކުރުމަށް ޒުވާނުނަށް ނަސޭހަތްތެރިވެލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button