ޚަބަރުސިޔާސީ

ހިނގަމުންދާ ކޮރަޕްޝަންގެ އަމަލުތަކަށް ރައީސް ސޯލިހު ޖަވާބުދާރީ ވާން ޖެހޭނެ: ރައީސް ޔާމިން

ދައުލަތުގެ ތެރޭގައި ހިނގަމުންދާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖަވާބުދާރީ ވާން ޖެހޭނެ ކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މަވެސް ޕީޕީއެމްގެ ނަމުގައި މިހާރު ޕީޕީއެމް އޮފީހުގައި ކުރިޔަށްދާ ޖަލްސާގައި ވާހަކަފުޅުދައްކަވުން ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ ފެންވަރުގައި ހިނގާ ބޮޑެތި ހިޔާނާތުގެ މައްސަލައަށް ރައީސް ސޯލިހު ޖަވާބުދާރީ ވާންޖެހޭނެ ކަމުގައެވެ.

”ކޮރަޕްޝަނަކީ ހަމައެކަނި އެއް ޖީބުން އަނެއް ޖީބަށް ދައުރުވާ ފައިސާއެއް ނޫން. މުއައްސަސާތަކަށް ފައިސާ ދީގެން ކަންކަން ކުރުމަކީވެސް ކޮރަޕްޝަން.“ ރައީސް ޔާމިން ވިދާޅުވިއެވެ.

ޔާމީން ފާހަގަކުރެއްވިގޮތުގައި ސަރުކާރުގެ ތެރެއިން ހުރިހާ ކަމެއް މިހާރު ކުރެވެނީ ފައިސާ ދީގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button