ޚަބަރުސިޔާސީ

އަވާދު އެމްޓީޑީ ދޫކޮށް ޕީޕީއެމަށް!

އެމްޓީޑީގެ ޒުވާން މެންބަރު އަވާދު އަޔާޒް އެމްޓީޑީ ދޫކޮށް ޕީޕީއެމާ ގުޅިއްޖެއެވެ.

މިދިޔަ ހަފްތާގެ “މަވެސް ޕީޕީއެމް” ޖަލްސާގައި ޕީޕީއެމާ ގުޅުނު އަވާދު މިރޭގެ ޖަލްސާގައި ވާހަކަދައްކަމުން ބުނީ، ޒުވާނުންނަށް މުސްތަގްބަލް އޮތީ ޕީޕީއެމްގައި ކަމަށާއި، 2023 ގައި ޒުވާނުން ބޭނުންވަނީ އަނެއްކާވެސް އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ގެންނަން ކަމަށެވެ.

އަވާދު އިތުރަށް ބުނީ ޒުވާނުން ބާރުވެރިކޮށްދެއްވި ހަމައެކަނި ރައީސަކީ ރައީސް ޔާމީން ކަމަށާއި، އެހެން ނަމަވެސް އެމަނިކުފާނު ގެނެސްދެއްވި ފުދުންތެރިކަން މިއަދު ޒުވާނުންގެ ކިބައިން ނިގުޅައިގަނެފައިވާ ކަމަށެވެ.

ހަމަ އެހެންމެ އަވާދު ފާހަގަކުރި ގޮތުގައި ޕީޕީއެމް ފިޔަވައި ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ ޕާޓީތަކުން ވައުދުތަކުގެ ގޮތުގައި ދައްކަނީ ހުސް ފުލޯކުވާހަކައެވެ. އަދި އެހެން ޕާޓީތަކުން ދަނީ ޒުވާނުންނަށް އޮޅުވާލައި، ރީތި މަންޒަރުތަކެއް ދައްކައިގެން ޒުވާނުންގެ މުސްތަގްބަލް ވެއްޔާ މޮޑެލަން މަސައްކަތްކުރަމުން ކަމަށް ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފަހަކަށް އައިސް ގިނަ ޒުވާނުންތަކެއް ދަނީ ޕީޕީއެމާ ގުޅެމުންނެވެ. އަދި ޕީޕީއެމްގެ ހުރިހާ ހަރަކާތްތަކެއްގައިވެސް ގިނަ އަދަދެއްގެ ޒުވާނުން ފެންނަކަން ފާހަގަކޮށްލެވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button