ޚަބަރުސިޔާސީ

ޑްރަގް މާރާމާރީއެއްގައި ޒުވާނަކު މަރުވުމާ ގުޅިގެން ސީޕީ ހަމީދަށް ޖަމީލުގެ ހޫނު ރައްދެއް

ޑްރަގް މާރާމާރީއެއްގައި ޒުވާނަކު މަރުވުމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ހޫނު ރައްދެއް ދެއްވައިފިއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫ ސިޓީ ފޭދޫގައި ދެ ގްރޫޕެއްގެ މެދުގައި ރޭ މެންދަމު ހިނގި މާރާމާރީއެއްގައި ޒުވާނަކު މަރުވުމާ ގުޅިގެން ޖަމީލް ކުރެއްވި ޓުވީޓެއްގައި ވަނީ ސީޕީ ހަމީދާއި ފުލުހުން އަސްލު މަސްއޫލިއްޔަތު އަދާ ކުރަން ނުވޭތޯ ސުވާލު ކުރައްވާފައެވެ.

ރާއްޖެ މަސްތުވާތަކެތީގެ ހާއްޔަކަށް ބަދަލުވެފައިވާއިރު, އަމަން އަމާންކަން ގާއިމްކުރުމުގައި އިހްލާސްތެރިވުމަށް ޖަމީލް ގޮވާލެއްވިއެވެ.

‏“އިދިކޮޅު މީހުންނަށް އަނިޔާކޮށް ބެނާ ނަގާއިރު ގައުމްގެ ހާލަތު ފެނޭ؟ މިވެރިކަމުގައި ފުލުހުން ފެއިލްވުމުގެ ނަތީޖާ މިފެންނަނީ.“ ޖަމީލު ވިދާޅުވިއެވެ.

ޖަމީލް މިފަދައިން ވިދާޅުވިއިރު މާރާމާރީތަކުގައި މަރުވާ މީހުންގެ އަދަދު މިސަރުކާރުގައި ވަނީ އިތުރުވެފައެވެ. އެކަމަކު ހޯމް މިނިސްޓަރު އިމްރާން އަބްއަބްދުﷲ މީގެ ކުރިން ވިދާޅުވީ އެކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތެއް ކުރާ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button