
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިންގްމޭޓަކަށް މިފަހަރުވެސް އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ހަމަޖައްސަވައިފިއެވެ.
ރަނިންގްމޭޓެއް ކަނޑައެޅުމުގެ އިހުތިޔާރު ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާގޮތުގެ މަތިން ކެންޑިޑޭޓަށް ދީފައިވާއިރު، ރައީސް ޔާމީން މިފަހަރުވެސް ނިންމެވީ ޕީޕީއެމްގެ ވެރިކަމެއް އައިސްފިނަމަ، އެމަނިކުފާނުގެ އަރިހުގައި ޖަމީލު މަސައްކަތްޕުޅު ކުރެއްވުމެވެ. މިކަން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔުމް އެމަނިކުފާނުގެ ރަނިންގް މޭޓަކަށް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ހަމަޖައްސަވައިފި.
މަރުޙަބާ ރަނިންގމޭޓް @MJameelAhmed pic.twitter.com/5JLw1WhjXf— Progressive Party of Maldives (@ProgressPartyMV) July 30, 2023
ޖަމީލަށް ރަނިންގްމޭޓުކަން ލިބިވަޑައިގަތުމާ ގުޅިގެން އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން އަންނަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވަމުންނެވެ.
އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕާއި، ސެނެޓާއި، އަދި ހިއްވަރުގަދަ ލަޝްކަރު ތިބީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި، އެމަނިކުފާނު ވެރިކަމަށް ގެންނެވުމުގެ ވަރުގަދަ އަޒުމުުގައި ކަމުގައެވެ.
”ކުރަން ދެއްކެވި ކޮންމެ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން. ރައީސް ޔާމީން2023.“ ޣައްސާން ވިދާޅުވިއެވެ.
ޣައްސާންގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވެސް ވަނީ ޑރ.ޖަމީލަށް މަރުހަބާ ދަންނަވާފައެވެ.
ޖަމީލަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމުން ޝިޔާމް ފާހަގަކުރެއްވިގޮތުގައި މި އިންތިހާބު އެޕާޓީން ކާމިޔާބުކުރާނީ އެއްބުރުންނެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީންގެ ރަނިންމޭޓު ޑރ. ޖަމީލަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން. އަޅުގަނޑުމެން މި އިންތިޚާބު ނަގާނީ އެއްބުރުން إن شاء الله #RY2023#DhiveheengeRaajje pic.twitter.com/JFJWnWWRsy
— Ahmed Shiyam (@Shiyamaldives) July 30, 2023
މެންބަރު ޝިޔާމްގެ އިތުރުން ޕީއެންސީގެ ދެ ނައިބު ރައީސުން ކަމުގައިވާ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއުވެސް ވަނީ ޑރ.ޖަމީލަށް މަރުހަބާ ދަންނަވާފައެވެ. ސައީދު ވަނީ ރައީސް ޔާމީން މިހާރުން މިހާރަށް ޖަލުން މިނިވަންކުރުމަށް ގޮވާލައްވާފައެވެ. އަދި ޝުޖާއު ވިދާޅުވީ އެންމެ ފުރަތަމަ ކެނޑިޑޭޓެއް ދެއްކި ޕާޓީން ރަނިންގްމޭޓްވެސް ދައްކައިފިކަމަށާއި ޖަމީލަށް މަރުހަބާ ދަންނަވާ ކަމުގައެވެ.
Congrts @prz_ymn & @ProgressPartyMV for appointing @MJameelAhmed as PY’s VP for the upcoming 2023 election! 🇲🇻 #FreePresidentYameen now,uphold the constitutional rights of the people.The unlawful political incarceration must end & bring the interests of the nation before… https://t.co/XQdpypD63e
— Mohamed Saeed (@em_saeed) July 30, 2023
އިދިކޮޅުގެ ލީޑާޝިޕް ބޭފުޅުންގެ އިތުރުން އެކޯލިޝަންގެ ޖޮއިންޓް ސެނެޓް މެންބަރުންނާއި އާންމު މެންބަރުންވެސް އަންނަނީ އެކަމާ އުފާކޮށް، ޖަމީލަށް މަރުހަބާ ކިޔަމުންނެވެ.