ޚަބަރުސިޔާސީ

ވެރިކަމަށް 60 ދުވަސް ނުވަނީސް ލިބުނީ ރައްޔިތުންގެ ނޯ ކޮންފިޑެންސް: ޖަމީލް

ވެރިކަމަށް 60 ދުވަސް ނުވަނީސް ލިބުނީ ރައްޔިތުންގެ ނޯ ކޮންފިޑެންސް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖޭގެ ރައީސް ކަމަށް ޑރ.މުހައްމަދު މުއިއްޒު އިންތިހާބުވެވަޑަައިގަތުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ މޭޔަރު ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ބޭއްވި ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ވަނީ ކާމިޔާބު ކުރައްވާފައެވެ.
މާލެ ސިޓީގެ މޭޔަރ އިންތިޚާބު ބޮޑު ތަފާތަކުން އިއްޔެ އެމްޑީޕީ ކާމިޔާބު ކުރީ ހަމަ އެންމެ ސަބަބަކާހުރެ ކަމަށާއި، އެއީ ރައީސް ޑރ. މުއިއްޒު ރައީސް ޔާމީނަށް ކެހިދިން ދިނުން ރައްޔިތުން ބަލައި ނުގަތީކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި މިއަދުވެސް އެ ’ހުސްގޮނޑި‘ ރައްޔިތުންނަށް ފެންނަކަމަށާއި ވެރިކަމަށް 60 ދުވަސް ނުވަނީސް އެ ލިބުނީ ރައްޔިތުންގެ ނޯކޮންފިޑެންސް ކަމުގައި ވެސް އެ ޕޯސްޓްގައި ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button