ޚަބަރުސިޔާސީ

މަތީ މަރުހަލާގެ ކޯޓުތަކުން ރައީސް ޔާމިނަށް ކުރި ހުކުމް ބާތިލްކުރާނެ: ޑރ.ޖަމީލް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރައްވާނެކަމަށާއި, މަތީ މަރުހަލާގެ ކޯޓުތަކުން އެ ހުކުމް ބާތިލްކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އެމަނިކުފާނުގެ ލޯޔަރު ޑރ. ޖަމީލް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަކީ ބަލިކަށި، އޭގައި އެއްވެސް އަސާސެއް ނެތް ހުކުމެއްކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ. އަދި ދައުލަތުގެ ދައުވާފައި ހިމެނޭ ވާގިއާތައް ސާބިތުކުރުމަށް ދައުލަތަށް އެކަށީގެންވާ ހެއްކެއް ހުށަހެޅިފައިނުވާކަމަށްވެސް ޑރ.ޖަމީލް ފާހަގަކުރައްވާފައިވެއެވެ.

ޖަމީލު ވިދާޅުވީ އެ ހުކުމް ބިނާކުރި އަސާސްތަކުގެ ބަލިކަށުކަމުގެ ސަބަބުން އެ ހުކުމަކީ މަތީ މަރުހަލާގެ އެއްވެސް ކޯޓަކުން ދަމަހައްޓާނެ ހުކުމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ހުކުމް އިސްތިއުނާފުކުރައްވާނެ ކަމަށާއި، މަތީ މަރުހަލާއިން ހުކުމް ބާތިލުކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ޖަމީލު ވިދާޅުވިއެވެ.

މާތްﷲގެ ރަހުމަތްފުޅާއެކު މި މައްސަލަ އިސްތިއުނާފީ ކޯޓުގައި ކާމިޔާބުކުރާނަން. އެއީ ޝައްކެއް އޮތް ކަމެއް ނޫން.

ޑރ.ޖަމީލު ވިދާޅުވިއެވެ.

އަދި މި މައްސަލާގައި ކުށް ސާބިތުކުރެވޭނެ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތްކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އިތުރަށް ވިދާޅުވެފައިވަނީ އެ ހުކުމް އިސްތިއުނާފުކުރުމުގެ މަސައްކަތް ލަސްނުކުރައްވާ ފައްޓަވާނެކަމަށާއި ރައީސް ޔާމީނާއި ދޭތެރޭ އެމްޑީޕީ ގެ ސަރުކާރުތަކުން ކުރަމުން އަންނަ ކަންކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން އެބައޮތް ކަމަށެވެ.

އެމަނިކުފާނު ފާހަގަކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް ޔާމިން ހައްޔަރުކޮށްގެން ގެންގުޅުނު ކަމަށާއި އަދި އޭގެ ފަހުން މި ވެރިކަމުގައިވެސް ދެ އަހަރު ދުވަސް ޖަލުގައި ގެންގުޅެ އެއީ ބާތިލް ގޮތުގައި ކުރިކަމެއްކަން ރާއްޖޭގެ އެންމެ މަތީކޯޓުން ސާބިތުވެފައިވާކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button