ޚަބަރުސިޔާސީ

މަތިމައްޗަށް އެކަކުގެ މައްޗަށް ތަހުގީގު ހިންގީމަ ކަޑައޭ، ކަމަކު ނުދޭ: ޑރ.ޖަމީލް

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މަތިމައްޗަށް ތަހުގީގުތައް ހިންގައި، އެމަނިކުފާނު ޖަލަށް ލުމަކީ ކަމުދާ ކަމެއް ނޫން ކަމުގައި ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ،ޖަމީލު މިފަދައިން ވިދާޅުވީ ސަރުކާރުގެ ނުފޫޒުން ޖަލަށް ލާފައިވާ ރައީސް ޔާމީން 2023 ގައި ވެރިކަމަށް ގެނައުމަށް ކެމްޕެއިން ކުރުމުގެ ގޮތުން ދަރުބާރުގޭގައި މިއަދު ފެށި ހޯޕް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

ޖަމީލު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މޭސްތިރިން ކަމުގައިވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޒިޔާތު އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތުގެ ހެކިންގެ ގޮތުގައި ރައީސް ޔާމިނާ ދެކޮޅަށް ހެކިބަސް ދިނުމަކީ ކަމުދާ ކަމެއް ނޫން ކަމުގައެވެ.

”އެ ކަމަކު ނުދޭ. ކަމަކު ނުދޭ ޕީޖީ އަކީ ސިޔާސީ ނުފޫޒުގެ ތެރެއަށް ވަދެފަ ހުންނަ މީހަކަށް ވީމަ.“ ޑރ.ޖަމީލު ވިދާޅުވިއެވެ

ޖަމީލުގެ ވާހަކަފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button