
ސޯލިހު ނަމަކަށް ކިޔާ ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ފުލުހަކު ނޫސްވެރިންނަށް އިންޒާރު ދިން މައްސަލަ ބަލައިދިނުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލް ( އެމްއެމްސީ ) އިން ފުލުހުންގެ ކިބައިން އެދިއްޖެއެވެ.
އެމްއެމްސީ އިން ކުރި ޓުވީޓެއްގައި ބުނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތްތަކުގެ ތެރެއިން ރޭ މާލޭ މަގުމަތީގައި ކުރިއަށް ގެންދިޔަ އެއްވުން ކަވަރު ކުރަން އުޅުނު ނޫސްވެރިންނަށް ”ސޯލިހް“ ނަމަކަށް ކިޔާ ފުލުހަކު އިންޒާރުދީފިކަމަށް ބުނެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ކަމުގައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތްތަކުގެ ތެރެއިން ރޭ މާލޭ މަގުމަތީގައި ކުރިއަށް ގެންދިޔަ އެއްވުން ކަވަރު ކުރަން އުޅުނު ނޫސްވެރިންނަށް "ސޯލިހް" ނަމަކަށް ކިޔާ ފުލުހަކު އިންޒާރުދީފިކަމަށް ބުނެ
1/2— Maldives Media Council (@mmc_mv) May 19, 2022
އެކަން އެމްއެމްސީގެ ސަމާލުކަމަށް އައިސްފައިވާތީ، އެ މައްސަލަ ބަލައިދީ، ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ކައުންސިލާ ހިއްސާކޮށްދިނުމަށް އެދި އެމްއެމްސީ އިން ފުލުހުންނަށް ސިޓީ ފޮނުވާފައިވާކަމަށް ޓުވީޓުގައި ބުނެފައިވެއެވެ. ރޭ އިދިކޮޅުން ކުރިޔަށް ގެންދިޔަ “އިންޑިއާ އައުޓު” ހަރަކާތް ކަވާކުރަމުން ދިޔަ ނޫސްވެރިން “ބޮންތި” އަށް ކިޔައިދިންގޮތުގައި ސޯލިހު ނޫސްވެރިންނަށް އިންޒާރު ދިނީ ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ހުންމަ ބިއްލޫރިޖެހިގޭ ސަރަހައްދުންނެވެ.
އެގޮތުން ސޯލިހު ނަމަކަށް ކިޔާ އެސްއޯ ފުލުސް މީހާ ނޫސްވެރިންނާ މުހާތަބުކޮށް ހޭއަރުވާލާނެކަމަށް ބުނެފައިވާކަން ނޫސްވެރިން ފާހަގަކުރިއެވެ.