ޚަބަރު

ސޯލިހު ބުނީ ނޫސްވެރިންނަށް ހޭއަރުވާލާނަމޯ!

ނޫސްވެރިންނަށް ހޭއަރުވާލާނެ ކަމަށް ބުނެ ސޯލިހު ނަމަކަށް ކިޔާ ފުލުހަކު އިންޒާރު ދީފި އެވެ.

މިރޭ ޕީޕީއެމުން ކުރިޔަށް ގެންދިޔަ ”އިންޑިއާ އައުޓު“ ހަރަކާތް ކަވާކުރަމުން ދިޔަ ނޫސްވެރިން ”ބޮންތި“ އަށް ކިޔައިދިންގޮތުގައި ސޯލިހު ނޫސްވެރިންނަށް އިންޒާރު ދިނީ ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ހުންމަ ބިއްލޫރިޖެހިގޭ ސަރަހައްދުންނެވެ.

އެގޮތުން ސޯލިހު ނަމަކަށް ކިޔާ އެސްއޯ ފުލުސް މީހާ ނޫސްވެރިންނާ މުހާތަބުކޮށް ހޭއަރުވާލާނެކަމަށް ބުނެފައިވާކަން ނޫސްވެރިން ފާހަގަކުރިއެވެ.

ފުލުހުންނަށް ދަތި ނުވާނެގޮތަށް އެއްވުން ކަވާ ކުރަމުން ދަނިކޮށް އެސްއޯ ފުލުހުން ވަނީ އެއްވުން ކަވާ ވިޔަ ނުދިނުމުގެ ގޮތުން ވޮއިސް ނޫހާއި ޗެނަލް 13 ގެ ނޫސްވެރިންނަށް ވަރަށް ބޮޑަށް ހުރަސް އަޅާފައެވެ.

ސޯލިހުގެ މި އަމަލުތައް ކުށްވެރިކޮށް ވޮއިސް ނޫހުގެ ފަރާތުން އެކަން ފުލުހުންގެ މީޑިއާގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button