ޚަބަރުސިޔާސީ

ޝުއޫރު ފާޅުކުރުން ހުއްޓުވަން އިންޑިއާއިން ކުރާ މަސައްކަތުން އެގައުމަށް އަމާޒު ވަނީ މަލާމާތް

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ޝުއޫރު ފާޅުކުރުން ހުއްޓުވަން އިންޑިއާއިން ކުރާ މަސައްކަތުން އެގައުމަށް އަމާޒު ވަނީ މަލާމާތް ކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނަޅައިފި ކަމުގައެވެ.

”ބައެއް ފުލުހުންވެސް މިތިބީ މިނިވަންކަމުގެ ދިފާއުގައި ދިވެހިން ކުރާ މަސައްކަތަށް ހުރަސް އަޅައި އިންޑިއާ ސިފައިންގެ ހިމާޔަތުގައި.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ނަން ހާމަ ނުކުރެއްވި ނަމަވެސް ޔާމީން ފާހަގަކުރެއްވިގޮތުގައި ރައީސް ސޯލިހަކީ އިންޑިއާގެ ފަރާތުން ރާއްޖޭގައި ވެރިކަން ކުރައްވާ ޕަޕެޓެކެވެ.

ރައީސް ޔާމީން މިފަދަ ޓުވީޓެއް ކުރައްވާފައި މިވަނީ ”އިންޑިއާ އައުޓު“ ގެ ނަމުގައި ކުރަމުންދާ އިހުތިޖާޖު ހުއްޓުވަން ފުލުހުން ނިކުމެފައިވާ ދަނޑިވަޅެއްގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button